23 ނޮވެމްބަރ 2021
ސައޫދީ ސަރުކާރުން މާލޭގައި ހެދި ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ކުރި ހޭދައިގެ ބޮޑު ބަޔަކީ ދިވެހ ސަރުކާރުން ކުރި ހޭދަ ކަމަށާއި އެކަމަކު އެ ފައިސާ ސައޫދީން އަނބުރާ ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ސައޫދީ ސަރުކާރުން މާލޭގައި ހެދި ކިންގް ސަލްމާން މިސްކިތަށް މިހާތަނަށް ކުރި ހޭދައިގެ ބޮޑު ބަޔަކީ ދިވެހ ސަރުކާރުން ކުރި ހޭދަ ކަމަށާއި އެކަމަކު އެ ފައިސާ ސައޫދީން އަނބުރާ ދޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސަލްމާން މިސްކިތަށް ކުރި ހޭދައިގެ 80 ޕަސެންޓަކީ ސަރުކާރުގެ ބަޖެޓުން ކުރި ހޭދަތޯ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ސުވާލުކުރެއްވުމުންނެވެ.
ސަލްމާން މިސްކިތަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރި ކަމަށް ވިދާޅުވިޔަސް ހޭދަވީ ކިހާ ވަރެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. ނަމަވެސް އެ ފައިސާ ސަރުކާރަށް އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސައޫދީ ސަރުކާރުގެ އެހީން ކުރަންފެށި މަސައްކަތެއް އަޅުގަނޑަށް ހަމަ ޔަގީން. އިއްޒަތްތެރި މެންބަރު ފާހަގަކުރީ މިވަގުތަށް މިހާތަނަށް ކުރި ހަރަދުގެ ވަރަށް ބޮޑު ބައެއް ދައުލަތުގެ ބަޖެޓުގެ ތެރެއިން ހިނގާފައިވެއޭ. އެހެންނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން ސައޫދީ ސަރުކާރުގެ ނިޔަތް އެބަ އޮތްކަން އަދި ދެއްވާނެކަން އެ ލާރި ރީއިމްބާސް ކޮށްދެއްވާނެކަން،" މިނިސްޓަރު ވިދާޅުވި އެވެ.
"އެހެންވީމަ އާޚިރުގައި އެއީ ހަމަ ސައޫދީ ސަރުކާރުގެ ހިލޭ އެހީގައި ކުރި ކަމެއްގެ ގޮތުގައި ނިމިގެންދާނީ."
ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ގެ މިސްކިތުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. މިސްކިތް ބޭނުންކުރެވޭ ވަރަށް ދެ އަހަރު ތެރޭ ނިންމާފައި ވިޔަސް އެތަން އަދިވެސް ބޭނުންކުރާކަށް ނުފަށަ އެވެ. މިސްކިތް ހުޅުވާނެ ކަމަށް ސަރުކާރުން އެކި ތާރީހުތައް ކުރިން ދީފައިވެ އެވެ.
ސަރުކާރުން ކުރިން ބުނެފައި ވަނީ މިސްކިތް ނުހުޅުވި ލަސްވަނީ ކޮވިޑާ ގުޅިގެން ސައުދީގެ އިސްބޭފުޅުންނަށް ރާއްޖެ ވަޑައިނުގެންނެވޭތީ ކަމަށެވެ. އޭގެ ފަހުން ސައޫދީގެ ވަފުދެއް ރާއްޖެ އައިސް މިސްކިތް ބަލައި އެކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރި އެވެ. އެކަމަކު އޭގެ ފަހުން ވެސް މިސްކިތް ހުޅުވަން އަދި ވަކި ދުވަހެއް ނުނިންމަ އެވެ. މިސްކިތް ހުޅުވަން ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް ކުރިން ބުނެފައިވެ އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ކިންގް ސަލްމާން މިސްކިތް ހުޅުވަން ސައުދީން ދެ މިލިއަން
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ސަލްމާން މިސްކިތަށް 30 މުވައްޒަފުން ހޯދަނީ
މިސްކިތްހުޅުވުން ލަސްވަނީ ސައުދީ އޮފިޝަލުންނަށް ނާދެވޭތީ
ސަލްމާން މިސްކިތް ރޯދައަށް ނުހުޅުވޭނެ: މިނިސްޓްރީ
ވަކި މަސައްކަތެއް ކުރާތީ ފްލެޓް ދޭކަށް ނުޖެހޭ: އީވާ
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖައްސާލައިފި
ކިންގްސަލްމާން މިސްކިތް ރޯދައިގެ ކުރިން ހުޅުވޭތޯ ބަލަނީ
ކިންގް ސަލްމާން މިސްކިތް ނިމޭނީ ޖުލައި 31 އަށް