30 ޖޫން 2024
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފުލާ ފަސްކުރީ މި އަހަރުގެ ފަހުކޮޅަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑު ހަފުލާ ފަސްކުރީ މި އަހަރުގެ ފަހުކޮޅަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޓްރެކް ދަނޑުގައި އެވޯޑް ހަފްލާ ބާއްވަން ގިނަ ތައްޔާރީތަކެއް ވެފައި ވަނިކޮށް، މުއްދަތެއް ނެތް ގޮތަށް އެ ހަފުލާ ފަސްކުރިކަން މިދިޔަ ހުކުރުދުވަހު މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަން ނިންމެވި ހާއްސަ ފިޔަވަޅުތަކާ ގުޅިގެން، ކަމަ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެވޯޑް ހަފްލާ މިވަގުތަށް ފަސްކޮށްލަން ނިންމީ ކަމަށެވެ.
އެވޯޑް ހަފްލާ ފަސްކުރީ އެވޯޑް ދޭ ކުޅިވަރުތަކުގެ ތެރެއިން، ފައިނަލް ނޮމިނޭޝަންތައް ވެސް ސްޕޯޓްސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނިކޮށެވެ.
ސްޕޯޓްސް އެވޯޑް ހަފުލާ، ބާއްވަން ފެށީ ކުރީގެ ސްޕޯޓްސް މިނިސްޓަރު، އަހުމަދު މަހްލޫފުގެ މިނިސްޓަރު ކަމުގައި 2022 ގަ އެވެ. މިދިޔަ ދެ އަހަރު ވެސް އެ ހަފުލާ ބާއްވަން، ގިނަ ހަރަދުތަކެއް ސަރުކާރުން ކުރި އެވެ.
އެވޯޑް، ބޭއްވި ފުރަތަމަ އަހަރު 2022ގައި އެކަނި ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ހަފުލާ އަށް 6.1 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރީ އެވޯޑު ހަފުލާ އަށް ދައުވަތު ދީގެން ގެނައި ބޭރުގެ ކުޅިވަރު ޝަހުސިއްޔަތުން، ރާއްޖެ އައުމަށާއި ރާއްޖޭގައި ތިބުމަށެވެ. އެ ހަރަދުތަކަށް 2.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
އެންމެ ފަހުން އެވޯޑް ހަފުލާ ބޭއްވީ މިދިޔަ އަހަރުގެ މާޗު މަހު އެވެ. މިދިޔަ އަހަރުގެ އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ އެވޯޑު ހޯދީ ޓީޓީގެ ތަރީ ފާތިމަތު ދީމާ އާއި ބޮޑިބިލްޑަރު އަޒްނީން ރަޝާދެވެ.
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް
މަލާމާތްތަކުން ގުޑުވައެއް ނުލުވެނު، އެރީ އެއްވަނަ އަށް
އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ރިޒޭ
މޮޅު އެތުލީޓުންގެ އެވޯޑް ޓީޓީގެ ދީމާ އާއި ޝައްފާނަށް
ސްޕޯޓްސް އެވޯޑް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަށް އާ ބަދަލުތަކެއް
ކުޅިވަރުތައް ތަފާތު ނުކޮށް ބޮޑު އިންގިލާބެއް ގެނެވިއްޖެ
ހިދުމަތްތެރިންގެ އަގު ސްޕޯޓްސް އެވޯޑްސްގައި ވަޒަންކޮށްފި
އަހަރުގެ އެންމެ މޮޅު އެތުލީޓުންނަކީ އަޒްނީން އާއި ދީމާ
ސްޕޯޓްސް އެވޯޑަށް ހަރަދުކުރީ 6.1 މިލިއަން ރުފިޔާ