01 ޖުލައި 2024
ދުނިޔޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު އެއް ކުޅުންތެރިޔަކީ އާޖެންޓީނާ އަށް އުފަން އަލްފްރެޑޯ ޑި ސްޓެފާނޯ އެވެ. ތިން ގައުމުގެ ގައުމީ ޓީމަށް ދުނިޔޭގެ އުފެދުނު އެންމެ މޮޅު ސެކަންޑް ސްޓައިކަރުގެ ގޮތުގައި މަޝްހޫރުވި ޑި ސްޓެފާނޯ ކުޅެފައި ވެއެވެ.
ދުނިޔޭގެ ފުޓްބޯޅައިގައި އުފެއްދި އެންމެ މޮޅު އެއް ކުޅުންތެރިޔަކީ އާޖެންޓީނާ އަށް އުފަން އަލްފްރެޑޯ ޑި ސްޓެފާނޯ އެވެ. ތިން ގައުމުގެ ގައުމީ ޓީމަށް ދުނިޔޭގެ އުފެދުނު އެންމެ މޮޅު ސެކަންޑް ސްޓައިކަރުގެ ގޮތުގައި މަޝްހޫރުވި ޑި ސްޓެފާނޯ ކުޅެފައި ވެއެވެ.
ކްލަބް ކެރިއާގައި ކުޅުންތެރިޔަކު ހޯދާނެ ހުރިހާ ކާމިޔާބެއް ހޯދި އެވެ. ރެއާލް މެޑްރިޑަށް ޔޫއެފާ ޗެމްޕިއަންސް ލީގު (އޭރުގެ ޔޫރަޕިއަން ކަޕް) އެންމެ ފުރަތަމަ ހޯދައި ދިނީ އޭނާގެ މުހިންމު ހިއްސާއާ އެކު އެވެ. އެ މުބާރާތް ވިދިވިދިގެން ފަސް ފަހަރު ރެއާލް އަށް އޭނާ ހޯދައި ދިނެވެ. ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން އަށް ފަހަރު ހޯދައި ދިނެވެ.
ހާޓް އެޓޭކެއް ޖެހި 2014 ގައި އުމުރުން 88 އަހަރުގައި އޭނާ މަރުވުމުން، ފުޓްބޯޅައިގެ ދުނިޔެއިން އޭނާ އަށް އިހްތިރާމް އަދާކުރީ އެ ކުޅިވަރުގައި އުފެއްދި އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށް ސިފަކުރަމުންނެވެ. އެކަމަކު، މި ލެޖެންޑަރީ ކުޅުންތެރިޔާ އަށް އިންޓަނޭޝަނަލް ފުޓްބޯޅައިގައި ހަމަ އެއްވެސް ކާމިޔާބެއް ނުލިބުނެވެ.
އޭނާ ވަނީ ތިން ގައުމެއްގެ ގައުމީ ޓީމަށް ކުޅެފަ އެވެ. އާޖެންޓީނާގެ ވަރުގަދަ ބާރު ރިވަޕްލޭޓަށް ކުޅުނުއިރު އާޖެންޓީނާގެ ގައުމީ ޓީމުން އިންޓަނޭޝަނަލް ކެރިއާ ފެށި އެވެ. ފަހުން ކޮލަމްބިއާގެ މިލިއޮނަރިއޯސް އަށް ބަދަލުވެ ކޮލަމްބިއާގެ ގައުމީ ޓީމަށް ވެސް ކުޅުނެވެ. ނަމަވެސް އެ ގައުމުގެ ޓީމަށް އޭނާ ކުޅުނު ހަތަރު މެޗު ވެސް ފީފާއިން ބަލައި ނުގަންނާތީ ރަސްމީ މެޗުތަކެއްގެ ގޮތުގައި ކަނޑައަޅާފައި ނުވުމުންނެވެ.
ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނު އިރު، ރޮނާލްޑޯ (ކ) އާއި ޑި ސްޓެފާނޯ
ރެއާލް މެޑްރިޑަށް ބަދަލުވެ، ފީފާގެ ހުއްދަ ލިބިގެން ސްޕެއިންގެ ގައުމީ ޓީމަށް ޑި ސްޓެފާނޯ ކުޅެން ފެށި އެވެ. ސީނިއާ ގައުމީ ޓީމަށް ކުޅުމަށް ފަހު ވެސް އެހެން ގައުމެއްގެ ގައުމީ ޓީމު ބަދަލުވުން، ފީފާއިން އޭރު މަނާ ނުކުރެ އެވެ.
ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ވެސް އޭނާ ހެޓްރިކް ހެދި އެވެ.
ސްޕެއިންގެ ގައުމީ ޓީމުގައި ވެސް ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތެއް ނުލިބުނެވެ. އެކަމަކު ޔޫރޯގެ ފުރަތަމަ މުބާރާތަށް ކޮލިފައިވުމާ ވަރަށް ގާތަށް ދިޔަ އެވެ.
ޔޫރޯގެ ފުރަތަމަ މުބާރާތަށް ކޮލިފައިވުމާ ވަރަށް ގާތަށް އެ ޓީމު ގޮސްފައި ވަނިކޮށް، ކޮލިފައިންގެ ފަހު މެޗަށް ސޯވިއެޓް ޔޫނިއަން އަށް ދަތުރުކުރުން ސްޕެއިންގެ އަސްކަރީ ވެރިޔާ ޖެނަރަލް ފްރެންޗެސްކޯ ފްރެންކޯ އެ ގައުމުގެ ޓީމަށް މަނާ ކުރި އެވެ.
ޑި ސްޓެފާނޯ ވެސް ހިމެނުނު ސްޕެއިންގެ ޓީމަށް ޖެހުނީ ކޮލިފައިންގެ އެންމެ ފަހު މަރުހަލާއިން އަތްދޫކޮށްލައި އަސްކަރީ އޯޑަރަށް ކިޔަމަންވާށެވެ.
އޭގެ ދެ އަހަރު ފަހުން ކުޅުނު ވޯލްޑް ކަޕަށް ސްޕޭން ކޮލިފައިވި ނަމަވެސް ޑި ސްޓެފާނޯ އަނިޔާގައި ހުރުމުން ބައިވެރިއެއް ނުވެވުނެވެ.
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް
ޔުއެފާގެ ރެފްރީޒް ރިޕޯޓާ އެކު ކްރޫސްގެ ފާޑުކިޔުން
އުފާފާޅުކުރި ގޮތުން ރޮޑްރީ އާއި މޮރާޓާ އަށް އަދަބުދީފި
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ވައުދުވި ގޮތަށް ކުކުރެޔާގެ އިސްތަށިގަނޑު ރަތްކޮށްފި