މެޑްރިޑް (ޖެނުއަރީ 29) – ޔޫރޯ 2028 ގެ ނިޔަލަށް ސްޕެއިނުގެ ކޯޗުކަމުގައި ދެމިހުންނަން ލުއިސް ޑެ ލަފުއެންޓޭ އެއްބަސްވުން އާ ކޮށްފި އެވެ.
29 ޖެނުއަރީ 2025
މެޑްރިޑް (ޖެނުއަރީ 29) – ޔޫރޯ 2028 ގެ ނިޔަލަށް ސްޕެއިނުގެ ކޯޗުކަމުގައި ދެމިހުންނަން ލުއިސް ޑެ ލަފުއެންޓޭ އެއްބަސްވުން އާ ކޮށްފި އެވެ.
މިދިޔަ އަހަރު ޖަރުމަނުގައި ބޭއްވި ޔޫރޯ، ސްޕެއިންގެ ޓީމަށް ކާމިޔާބުކޮށް ދިނުމުން ލަ ފުއެންޓޭއާ މެދު ސްޕެއިންގެ ފުޓްބޯޅައިގެ އިތުބާރު ވަނީ ބޮޑު ވެފަ އެވެ.
ގަތަރުގައި 2022 ގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން މޮރޮކޯ އަތުން ސްޕެއިން ބަލިވުމުން އޭރުގެ ކޯޗު ލުއިސް އެންރީކޭ މަގާމުން ވަކި ކުރި އެވެ.
ފެޑެރޭޝަނުން ބޭރުން ކޯޗަކު ހޯދުމުގެ ވިސްނުން ދޫކޮށްލުމަށް ފަހު، ސްޕެއިންގެ އެފްއޭއިން ނިންމީ އެ އިދާރާގެ މުވައްޒަފެއްގެ ގޮތުގައި ހުރި ލަ ފުއެންޓޭ ސީނިއާ ޓީމަށް ޕްރޮމޯޓް ކުރުމަށެވެ.
އޭރު އޭނާ ހުރީ ސްޕެއިންގެ 21 އަހަރުންދަށުގެ ޓީމުގެ ކޯޗުގެ ގޮތުގަ އެވެ. ސީނިއާ ޓީމުގެ ހެޑް ކޯޗުގެ ގޮތުގައި ލަ ފުއެންޓޭއާ އެކު ފުރަތަމަ އެއްބަސްވުން ހެދީ މިދިޔަ އަހަރުގެ ޔޫރޯގެ ނިޔަލަށެވެ. އަދި އެފްއޭއިން ބޭނުންނަމަ އިތު އަހަރަކަށް އޭނާ ބެހެއްޓުމުގެ އިހްތިޔާރު ވެސް ޑިސެމްބަރު 2022 ގައި ހެދި އެއްބަސްވުމުން ސްޕެއިންގެ އެފްއޭ އަށް ލިބެ އެވެ.
އެ އެއް އަހަރުގެ މުއްދަތު ވެސް މި އަހަރު ޖޫން މަހު ހަމަ ވާނެ އެވެ.
ކްލަބް ފުޓްބޯޅައިގައި ކޯޗެއްގެ ގޮތުގައި ފެއިލް ވިޔަސް ގައުމީ ޓީމުގައި ލަފުއެންޓޭ، މިހާތަނަށް ވެސް ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފަ އެވެ.
އޭނާގެ ފުރަތަމަ އަހަރުގެ ޔޫއެފާ ނޭޝަން ލީގުގެ ތަށި ސްޕެއިން އަށް 2023 ގައި ހޯދައި ދިނެވެ. އަދި ފައިނަލުގައި އިންގްލެންޑްގެ މައްޗަށް 2-1 ން ކާމިޔާބު ހޯދައި ސްޕެއިން އަށް ޔޫރޯގެ ތަށި ހަތަރު ވަނަ ފަހަރަށް ލަފުއެންޓޭ ހޯދައި ދިނެވެ.
ގާތްގަނޑަކަށް 12 އަހަރުވަން ދެން ސްޕެއިންގެ ގައުމީ ޓީމުން ކުރު ޕާސްތަކެއް ގިނައިން ޖަހައިގެން ކުޅޭ ގޭމް ލަފުއެންޓޭ ބަދަލު ކުރި އެވެ. އޭނާ ގޭމް ބިނާ ކުރީ ދެ ފަރާތުގެ ވިންގްގެ ދައުރު ޓީމުގެ ކުޅުމުގައި ބޮޑުވާނެ ގޮތަށެވެ. ޒުވާން ކުޅުންތެރިން ކަމަށްވާ ބާސެލޯނާގެ ޕެޑްރޯ ގަވީ އާއި ލަމީން ޔަމާލް އަދި ޕައު ކުބާސީ އަށް ވެސް ސީނިއާ ޓީމުން ގިނަ ފުރުސަތުތަކެއް އޭނާ ދިނެވެ.
މިދިޔަ ދެ އަހަރު އޭނާގެ ކޯޗުކަމުގެދަށުން ކުޅުނު 28 މެޗުގެ ތެރެއިން 23 މެޗުން ސްޕެއިން މޮޅުވި އެވެ. ތިން މެޗުން އެއްވަރުވީ އެވެ. ބަލިވީ ދެ މެޗުންނެވެ. އޭނާގެ އާ ގޭމް ސްޓައިލްގައި 72 ލަނޑު ޖެހި އިރު ބައިކޮޅަށް ވަނީ 19 ލަނޑެވެ.
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
ޔޫރަޕްގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފި
ސްޕެއިން އަބަދު މޮޅުވާނެކަމަށް ބަލައިގެން ނުވާނެ: ކޯޗު
ޖަރުމަނުގެ ހިތް ހަލާކުކޮށްލުމަށް ފަހު ސްްްޕެއިން ސެމީއަށް
އުންމީދީ ޖޯޖިއާގެ ހިތް ސްޕެއިން އިން ކުދިކުދިކޮށްލައިފި
ފްރާންސްގެ ހާ ކަތިލުމަށް ފަހު ސްޕެއިން ފައިނަލަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފޫހިކޮށް ކުޅެގެންވެސް ފްރާންސް އެބަ މޮޅުވޭ: ސްޕެއިން
ސްޕެއިނުން އިތުބާރުކުރަން މިޖެހުނީ ސްކޫލް ކުއްޖަކަށް
ކޮރަޕްޝަންގެ ތުހުމަތުގައި ސްޕޭނުގެ އެފްއޭ ރެއިޑްކޮށްފި