ސިހުރުގެ މައްސަލައިގެ ތަހުގީގަސް ހައްޔަރުކުރި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
01 ޖުލައި 2024
ސިހުރުގެ މައްސަލައިގެ ތަހުގީގަސް ހައްޔަރުކުރި އެންވަޔަރްމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އަދި އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމްގެ ބަންދުގެ މުއްދަތު މިއަދު އިތުރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، އެ މުއްދަތު އިތުރު ހަތް ދުވަހަށް ދަންމާލާފައިވާ ކަމަށެވެ.
އެ މީހުން މިދިޔަ މަހުގެ 23 ވަނަ ދުވަހު ފުރަތަމަ ހައްޔަރުކުރުމަށް ފަހު ވެސް ބަންދަށް ހަތް ދުވަސް ޖެހި އެވެ.
އެ މައްސަލައިގައި ދެން ހައްޔަރުކުރި ހދ. ވައިކަރަދޫ، ހުސެއިން ސަމީރުގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ކޯޓުން މިއަދު ވަނީ އޭނާ ބަންދުން ދޫކޮށްލައިފަ އެވެ.
ޝަމްނާޒްއަކީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މައްސަލައިގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ.
ރަމީޒާއި ޝަމްނާޒު ވެސް ވަނީ މަގާމުން ސަރުކާރުގެ މަގާމުތަކުން މިދިޔަ ބުރާސްފަތި ދުވަހު ސަސްޕެންޑު ކޮށްފަ އެވެ.
ރ.އަތޮޅު ކައުންސިލަށް "ސިހުރު ހެދި" ބަޔަކު ހައްޔަރު
ކުޅުދުއްފުށީގެ 8 ގެއަކުން ސިހުރު ހަދާ ސާމާނު ހޯދައިފި
ސިހުރުގެ މައްސަލަ ބޮޑުވެ ކުޅުދުއްފުށީގައި އޮޕަރޭޝަނެއް
ޒަކިއްޔާގެ މަރުގެ ތަހުގީގަށް އެފްބީއައިގެ އެހީ ހޯދަނީ
ސިހުރު މައްސަލާގައި ދެ ރަށުން 12 ގެ ފާސްކޮށްފި
ސިހުރުގެ ތުހުމަތުގައި އަލިފުށި، މީދޫ ބަލައި ފާސްކުރަނީ
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި
ކުށުގެ ވެށީގައި އުޅެނީ ޒުވާނުންގެ ދެ ޕަސެންޓު: ޝިފާން
"އެއްވެސް އިނާޔަތެއް ކަނޑާލުމުގެ ވިސްނުމެއް ނެތް"
ކޮމިޝަނަރުގެ އޮފީހުން ޝިފާން އެހެން ޑިޕާޓްމަންޓަކަށް