ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
02 ޖުލައި 2024
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ލިބޭ މުސާރަ ކުޑަކުރަން ތާއީދު ނުކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، މަޖިލިސް މެމްބަރުންގެ އަދަދު ހިފަހައްޓަން ތާއީދު ކުރައްވާ ކަމަށެވެ.
ނަމަވެސް މެންބަރުންނަށް ލިބިވަޑައިގަންނަވާ މުސާރައިގެ އަދަދު ކުޑަކުރުމަށާއި މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިންޝުއަރެންސާއި އިނާޔަތްތައް ކުޑަކުރަން ނުފެންނަ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ރާއްޖޭގެ އެކި ރަށްރަށުން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް 20،000ރ. ގެ [ލިވިން] އެލަވަންސެކޭ ބުންޏަސް އެ ވަރަކުން ހަމައެއް ނުޖެއްސޭނެ ކަން އެނގޭ،" ގާސިމް ވިދާޅުވި އެވެ.
މަޖިލިހުގެ މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތުގައި އަތަށް ފައިސާއެއް ލިބޭ ބައެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ދައުލަތުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުގެ ވެރިންނަށް ލިބޭ ފަދައިން މަޖިލިހުގެ މެންބަރުންނަކީ އެހެނިހެން ގޮތްގޮތަށް ފައިސާ އަތުގައި ޖެހޭ ބައެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބު ކުރެވޭ ގޮތަށް މަޖިލިސް މެންބަރުންނަކީ ވެސް ދެ ދައުރަކަށް އިންތިހާބު ކުރެވޭ ގޮތަށް ހަދަން ޖެހޭ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ރަށްރަށުން މި ތަނަށް ވަޑައިގަންނަވާ ބޭފުޅުންނަށް 20،000ރ. ގެ [ލިވިން] އެލަވަންސެކޭ ބުންޏަސް އެ ވަރަކުން ހަމައެއް ނުޖެއްސޭނެ ކަން އެނގޭ،"--- ގާސިމް
ގާސިމް ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަޖިލިހުގެ މެންބަރުން ދެ ދައުރަކަށް އިންތިހާބު ކުރުމަކީ އެއްވެސް ގައުމަކުން ކުރާ ކަމެއް ނޫން ކަމަށެވެ.
މެމްބަރުންގެ މުސާރަ ކުޑަކުރަން ނުފެންނަ ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ހިދުމަތް ކުރާ މެންބަރުންގެ އަތުގައި ލޯ ލާރިއެއް ވެސް ނޯންނާނެ އެވެ.
އެކަމަކު، މަޖިލިހުގެ މެންބަރުކަމުން ވަކިވުމުން ވެސް އިނާޔަތްތަކާއި އިންޝުރަންސް ލިބޭ ގޮތަށް އޮތުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މެމްބަރުންނަށް ލިބޭ މުސާރަ ކުޑަ. އެހެން މި ދަންނަވަނީ ސިޓީ ކައުންސިލްގެ މެންބަރުކަން ކޮށްފައި މި އައީ. މަޖިލިސް މެންބަރު ކަމަށް އައީމާ އެނގިވަޑައިގަންނަވާނެ މަޖިލިސް މެންބަރުންގެ ޒިންމާތަކަކީ ކޮބައިކަން،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ފަސް އަހަރަކުން މެމްބަރުން އިތުރުވުން ރަނގަޅު؟
އިދާރާތަކުގެ މުސާރަ ކުޑަކުރަން ނުފެންނަކަމަށް ފާސްކޮށްފި
ކާޑެއްދޫ އެއާޕޯޓު ހަވާލުކުރަން ދެކޮޅުނުހަދާނަން: ގާސިމް
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
މުރައިދޫގޭ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ފާސްކޮށްފި
ދައުރުގެ ފުރަތަމަ ޖަލްސާ ބައިގަޑިއިރުތެރޭ ނިންމާލައިފި
ރައީސަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް: ގާސިމް
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
ބިދޭސީންގެ ފީތައް ބޮޑުކުރާތީ ގާސިމްގެ ނުރުހުން!