Roadha Mihaaru
ހަށިވިއްކާ ތަނެއް ރެއިޑްކޮށް ހަތަރު މީހަކު ހައްޔަރަށް

ހަށިވިއްކާ ތަނެއް ރެއިޑްކޮށް 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރަށް

05 ޖުލައި 2024

ހަށިވިއްކުމަށްޓަކައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ރެއިޑްކޮށް ރޭ ބަޔަކު ހައްޔަރުކޮށްފި އެވެ.

ހަށިވިއްކުމަށްޓަކައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނެއް ރެއިޑްކޮށް ރޭ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މާލޭގައި ހިންގަމުން ދިޔަ އެ ސްޕާގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަންގައި އެ ތަން ބަަލައި ފާސްކޮށް، އުމުރުން 55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑުގެ ތިން އަންހެނަކު ހައްޔަރުކުރި ކަމަަށެވެ. ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދެ އަންހެނަކާއި 28 އަހަރުގެ އަންހެނަކު ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ހަށިވިއްކަމުން ދިޔަ ވިއެޓްނާމްގެ ދެ އަންހެނަކު ވެސް އިއްޔެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ. މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިގެން ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަންގެ ތަފުސީލް އަދި ހާމަނުކުރި ނަމަވެސް ވިއެޓްނާމްގެ ދެ އަންހެނުންގެ އަތުން ފެނުނު ގިނަ އަދަދެއްގެ ފައިސާގެ ފޮޓޯތައް އިމިގްރޭޝަނުން އިއްޔެ އާންމުުރި އެެވެ.

ސްޕާގެ ނަން ބޯޑު ޖަހައިގެން މާލޭގައި ޕްރޮފެޝަނަލް މަސާޖުކުރާ ކަމަށް ބުނެ ވަރަށް ގިނަ އަދަދަކަށް މަސާޖު ޕާލާތައް ހިންގި ނަމަވެސް އެއީ ފުޅާދާއިރާއެއްގައި ހަށިވިއްކާ ތަންތަން ކަމުގެ ތުހުމަތު އެތައް ބަޔަކު ކުރެ އެވެ. އެކަން ކުރާ ކަމަށް ތުހުމަތު ކުރެވޭ ބިދޭސީ އަންހެނުން ދަނީ އެ މީހުންގެ ފޮޓޯ އާއި މޮބައިލް ނަމްބަރު ވެސް ޖަހައިގެން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންނެވެ.

އެ ގޮތަށް ހިންގާ ސްޕާތައް ހުއްޓުވުމަށް ދޭތެރެދޭތެރެއިން ކަމާ ގުޅުން ހުރި އިދާރާތަކުން ރެއިޑް އޮޕަރޭޝަންތައް ހިންގި ނަމަވެސް ހުރިހާ ތަނެއް ބަންދެއް ނުކުރެވެ އެވެ. އެ ސްޕާތައް ހިންގުމާއި ފައިސާ ނެގުމުގައި ވެސް ތިބެނީ ދިވެހިންގެ ބަދަލުގައި މުޅިން ބިދޭސީ އަންހެނުންނެވެ.