މިދިޔަ އަންގާރަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސި އިޓަލީގެ އަސްކަރީ ޖެޓުތައް ޖައްސަން އައި އިރު ރާއްޖެ މަތިން ނަގާފައިވާ ފޮޓޯތަކަކާއި ވީޑިއޯއެއް އެ ގައުމުގެ އެއާފޯސް "އެރޮނޯޓިކާ މިލިޓަރީ" އިން އާންމުކޮށްފި އެވެ.
05 ޖުލައި 2024

އެ ގައުމުގެ އަސްކަރީ ހަތަރު ފައިޓާ ޖެޓާއި ކާގޯ ބޯޓެއް ރާއްޖެ އައީ އަންގާރަ ދުވަހުގެ މެންދުރުފަހު އެވެ. އެ ބޯޓުތައް ފުރީ މިއަދު މެންދުރު ފަހު އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ރާއްޖެ މަތިން އުދުހިފައި ދަނީ.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
"އިންޑިއާ ކަނޑުގައިވާ ސާފު މޫދާއި ދޮންވެލި ގޮނޑުދޮށްތަކެއް ލިބިފައިވާ މި ރަށްތަކުގެ ހިތްގައިމު ދޮރުތައް މި ވަނީ އޮސްޓްރޭލިއާގައި ބާއްވާ އިންޑޯ-ޕެސިފިކްގެ މިލިޓަރީ އެއާފޯސް ޕިޗް ބްލެކް 2024 ގެ ކެމްޕެއިންގެ ދެ ވަނަ ބުރުގައި ބައިވެރިވާ އިޓަލީގެ ފައުޖަށް ހުޅުވާލާފައި،" ފޮޓޯތަކާ އެކު ލިޔެފައިވެ އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
އިޓަލީގެ އެއާފޯސް އިން ނަގާފައިވާ ފޮޓޯތަކުގައި ރާއްޖޭގެ ރަށްތަކުގެ މަތިން ޖެޓްތައް ވަކި ތަރުތީބަކުން އެތުރިލައިގެން ދުއްވާފައި ދަނިކޮށް ނަގާފައިވާ ފޮޓޯތައް ހިމެނެ އެވެ.
އިޓަލީގެ މިލިޓަރީ ޖެޓްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި.-- ފޮޓޯ: އެރޮނޯޓިކާ މިލިޓަރީ/ އިޓަލީ
އިޓަލީގެ އަސްކަރީ ބޯޓުތައް މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން ރާއްޖެ އައިސްފައިވެ އެވެ. މި ބޯޓުތައް ވީއައިއޭގައި ޓްރާންސިޓް ތެޔޮ އެޅުމާއި ލޮޖިސްޓިކަލް އެކި ބޭނުންތަކަށެވެ.
އިޓަލީގެ އަސްކަރީ ޖެޓުތައް އަނެއްކާވެސް ރާއްޖެއަށް
ދިވެހިންގެ އޯގާތެރިކަން ފެނި ޓޫރިސްޓަކު އިސްލާމް ވެއްޖެ
އަސްކަރީ ޖެޓުތައް ޖެއްސީ ޓެކްނިކަލް ސްޓޮޕް އޯވާއަކަށް
ރާއްޖެ އައީ އަސްކަރީ އެންމެފަހުގެ ޖެޓުތައް
އައިޓީއޭ އެއާވޭސްގެ ދަތުރުތައް ރާއްޖެ އަށް ފަށަނީ
އިޓަލީގައި ދިވެއްސަކު ދަންޖެހިގެން މަރުވެއްޖެ
އިޓަލީގެ ގައުމީ އެއާލައިން އަލިޓާލިއާ ހުއްޓާލަނީ
އިޓަލީގެ ކުއްޖަކާ ބެހިގެން ބަންދުކުރި މީހަކު މިނިވަން
އިޓަލީގެ 'ސަލާމީ' ބޭނުން ނުކުރަން އަންގައިފި
ކުރެއްދުއަށް ކުރާ ތުހުމަތުތަކަށް އިންކާރުކޮށް ބަޔާންދީފި