30 އޯގަސްޓް 2021
އިޓަލީގެ ގައުމީ އެއާލައިން އަދި އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އަލިޓާލިއާގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު ހުއްޓާލައި އަހަރުގެ ފަހުކޮޅު އެއާލައިން އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.
އިޓަލީގެ ގައުމީ އެއާލައިން އަދި އެ ގައުމުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އަލިޓާލިއާގެ ދަތުރުތައް އަންނަ އޮކްޓޯބަރު މަހު ހުއްޓާލައި އަހަރުގެ ފަހުކޮޅު އެއާލައިން އެއްކޮށް ހުއްޓާލަން ނިންމައިފި އެވެ.
އެއާލައިންގެ އެންމެ ފަހުގެ ދަތުރު ބާއްވާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ގަ އެވެ. އޭގެ ފަހުން އަލިޓާލިއާ އެއްކޮށް ހުއްޓާލާނެ އެވެ. މިދިޔަ އަހަރުގެ މާޗްގެ 17 އިން ފެށިގެން ސަރުކާރުން ސައްތައިން ސައްތަ ހިއްސާވާ އެއާލައިން ހުއްޓާލުމަށް ފަހު ގައުމީ އެއާލައިނެއްގެ ގޮތުގައި އޮކްޓޯބަރު 15 ގެ ފަހުން ދެން އޮޕަރޭޓްކުރާނީ އައިޓީއޭ (އިޓާލިއާ ޓްރާންސްޕޯޓޯ އެއިރޯ) އެވެ. މިއީ އަލިޓާލިއާ އަށް ވުރެ ކުޑަ އެއާލައިނެކެވެ.
މީޑިއާތަކުން ބުނީ މީގެ 74 އަހަރު ކުރިން ރަސްމީކޮށް ދަތުރުފަތުރުގެ ހިދުމަތް ފެށި އަލިޓާލިއާގެ އޮޕަރޭޝަން ހުއްޓާލަން ނިންމީ އެ އެއާލައިން މި ޒަމާނުގެ ވައިގެ ދަތުރަށް ނުފެތުމާއި ވާދަވެރި އެހެން ކުންފުނިތަކާ ބަލާ އިރު މިހާތަނަށް އައި އިރު، އޭވިއޭޝަން ދާއިރާ އިން މާ ބޮޑެތި ކުރިއެރުންތަކެން ހޯދިފައި ނުވާތީ ކަމަށެވެ. އަދި 2017 ގެ ފަހުން އަލިޓާލިއާ އޮޕަރޭޓްކުރަމުން ވެސް ދަނީ ގެއްލުމާ އެކީގަ އެވެ.
އެކަމަކު މި އެއާލައިން ހުއްޓުމަކަށް ނުގެނެސް، އެ ސަލާމަތްކުރެވޭތޯ އިޓަލީގެ ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ވެސް ކޮށްފައިވެ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އެތައް އަހަރެއް ފަހުން އަލިޓިއާލިއާ ހުއްޓާލުން ވާނީ އިޓަލީގެ ރައްޔިތުންނަށް ވަރަށް ޖަޒުބާތީ ކަމަކަށެވެ. ސަބަބަކީ އެ ގައުމުގެ އެތައް ޖީލެއްގެ ރައްޔިތުންގެ ވައިގެ ދަތުރުފަތުރާ އެ އެއާލައިން ވަރަށް ބޮޑަށް ގުޅިފައި އޮތުމެވެ.
އަލިޓާލިއާ އަކީ އޭގެ ދަތުރުމަތީގައި ފަސިންޖަރުންނަށް ސާވްކޮށްދޭ ކާނާތަކުގެ ސަބަބުން ވެސް އާންމުންގެ ތެރޭގައި ވަރަށް ހާއްސަ މަގާމެއް ދެވިފައި އޮތް އެއާލައިނެކެވެ.
އަލިޓާލިއާ ހުއްޓާލައި އެ ކުންފުނީގެ މަތިންދާބޯޓްތައް އޮކްޓޯބަރުގައި ގްރައުންޑްކުރާ އިރު، ފްލީޓްގައި މިހާރު 84 ބޯޓް ހިމެނެ އެވެ. އަދި 100 އެއްހާ މަންޒިލަށް ދަތުރުކުރެ އެވެ.
އަލިޓާލިއާގެ މުވައްޒަފުންގެ އަދަދު 12،000 އަށް ވުރެ ގިނަ އެވެ.
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
ދުނިޔެ ވަށާ ބުރެއްޖަހައިގެން ޕައިލެޓަކަށް ރިކޯޑެއް
"ބޮއިން 737 މެކްސް" އަށް އިންޑޮނީޝިއާއިން ހުއްދަ
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
19 އަހަރުގެ ޕައިލެޓެއް އެކަނި ދުނިޔެ ވަށައި ބުރަކަށް
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ޓޫރިޒަމް ޕްރޮމޯޝަނަށް އެއާލައިނެއް ޕޯކެމަން ތީމަށް
ފެނުން ހަކަތަ އުފައްދާ މަތިންދާބޯޓު މަޝްރޫއަށް އެހީ
އެއާ ނިއުޒިލެންޑުގައި ކޮފީ ތަށި މިހާރު ކާލެވޭނެ
ކެޓި ފްލައިޓް އަތުޖެހޭތޯ ރަންވޭގައި ދުވުމުން ޖޫރިމަނާ