އެކްސްކޯގެ ދައުރު ހަމަވެ ހުސްކަމެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ފީފާ އިން ބުނެފި އެވެ.
07 ޖުލައި 2024
އެކްސްކޯގެ ދައުރު ހަމަވެ ހުސްކަމެއްގެ ތެރޭގައި އޮތް އެފްއޭއެމްގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ފީފާ އިން ބުނެފި އެވެ.
އެކްސްކޯގެ ދައުރު ހަމަވެފައިވާތީ އެފްއޭއެމްގައި މިވަގުތު އިންތިހާބީ އެއްވެސް ވެރިއެއް ނެތެވެ. އެކަމަކު އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ވިދާޅުވީ ފީފާ އިން އަންގާ ގޮތަކަށް އެ އެންގި ކަމެއް ކުރަން އެ އިދާރާ އިން އޭނާ އާ ތަން ހަވާލުކޮށްފައިވާ ކަމަށެވެ.
ޖައުޝަން ވިދާޅުވީ ފީފާ އިން ލިޔުމުން އެކަން އަންގާފައި ނުވި ނަމަވެސް، އޭނާއާ މުއާމަލާތްކޮށް އެކަން އެންގި ކަމަށެވެ.
އެކަންކަމާ ގުޅޭ ގޮތުން "މިހާރު" އިން ކުރި ސުވާލަށް އީމެއިލް މެދުވެރިކޮށް ޖަވާބު ދެމުން ފީފާއިން ބުނީ އެފްއޭއެމްގެ މައްސަލައިގައި އޭއެފްސީއާ ގުޅިގެން ބަލުމުންދާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް އިތުރު އަޕްޑޭޓެއް އޮތް ނަމަ އެންމެ ރަނގަޅު ވަގުތުގައި އަންގަމުންދާ ކަމަށް ފީފާ އިން ބުންޏެވެ.
"އެފްއޭއެމްގެ މައްސަލައިގައި ފީފާ އިން މިދަނީ އޭއެފްސީއާ ގުޅިގެން ކަންކަން ވަރަށް ގާތުން ބަލަމުންނެވެ. އަދި އެކަމާ ގުޅޭ އިތުރު އަޕްޑޭޓެއް އަތުވެއްޖަނަ ވަގުތު ޖެހުމުން އަންގަމުން ގެންދާނަމެވެ،" ފީފާ އިން "މިހާރު" އަށް ފޮނުވި އީމެއިލްގައި ބުނެފައިވެ އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިވަގުތު ހުންނެވީ ފީފާގެ ސަސްޕެންޝަނެއްގަ އެވެ. އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް އެބައޮތެވެ. އަދި އެ އެސޯސިއޭޝަނުގެ ދަރަނި ބޮޑުވެ އޮތީ ބަނގުރޫޓް ވެ ނުވެ އެވެ. އެ ހުރިހާ ކަމަކާ އެކު ކުރިން ބެލެވިފައި އޮތީ އާ އިންތިހާބެއް ބާއްވައި އެސޯސިއޭޝަން ހަމަޔަކަށް އަޅުވަން ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކުރާނެ ކަމަށެވެ.
ކޮމިޓީއަށް އެހީވާން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަނަކަށް ޒުހޫރު
ފީފާ އިން ނޯމަލައިޒޭޝަން ކޮމިޓީ އެކުލަވާލައިފި
މި ބުރަތައް ނޯމަލައިޒޭޝަން ކޮމިޓީއަށް އުފުލިދާނެ ބާ؟
އެފްއޭއެމް ނޯމަލައިޒް ކުރަން ފީފާއިން ނިންމައިފި
އެފްއޭއެމްގެ މައްސަލާގައި ފީފާގެ ލަފާ ސަރުކާރުން ހޯދަނީ
އެފްއޭއެމް ވާނުވާގައި: އެޅޭނެ ފިޔަވަޅެއް ހަމަ ނެތީތަ؟
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
ހާލަތު ދެނެގަންނަން ފީފާގެ ޓީމެއް ރާއްޖެ އަންނަނީ
މެޗުގެ ޕްރޮމޯޝަނެއް ނެތް، އެފްއޭއެމް އަތްއުރާލައިގެން