20 ޑިސެމްބަރ 2022
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށް، އޭ ނުލިބުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީ ކުންފުންޏަކާ ހަވާލުކޮށް، އޭ ނުލިބުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ވެސް ކުރުމަށް ކޮށްދިނުމަށް އެދުނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ މައްސަލައިގައި ދައުލަތަށް ގެއްލުނު 31,052,025ރ. އަނބުރާ ހޯދުމަށް ވެސް އޭސީސީން އެދުނެވެ.
ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލް ކަމެއް ނެތް ދުބާއީގެ ކުންފުންޏެއް ހޮވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން ފަޅާއެރީ، އޮޑިޓަ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.
މައްސަލަ ފެންމަތިވުމާ އެކު، އެކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން މަގާމުން އެކަހެރި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގަ އެވެ.
މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް އެ ބޭފުޅުން ސަސްޕެންޑްކޮށްފައިވާތާ އަށް މަސް ވެފައިވަނިކޮށް ނިޝާމާ އާއި ޝިޔާމާ މަގާމުން ވަނީ ވަކިކޮށްފަ އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގައި ދައުވާކޮށްދޭން އެދިއްޖެ
ހެލްތުގެ ޚިޔާނާތް: އޭސީސީން ޕީޖީ އޮފީހާ މަޝްވަރާކޮށްފި
ވެންޓިލޭޓަރު މައްސަލަ އޭސީސީން މަޝްވަރާއަށް ޕީޖީއަށް
ޕީޖީގެ އާ ހުށަހެޅުންތަކެއް، މައްސަލަ އަލުން ބަލަނީ
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ނާޖާއިޒު މަންފާ ހޯދައިދިން ކަމުގެ ހެކި ހުރި: އޭސީސީ
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ
އަމީންއާ އެކު އަށް މީހަކަށް ދައުވާނުކުރަން ނިންމައިފި
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް