Roadha Mihaaru
ހިލޭ ޑިގްރީ އަކީ ސްކޭމެއް ނޫން، ހުއްޓާނުލާތި:އެމްޑީޕީ

ހިލޭ ޑިގްރީ ޕްރޮގްރާމް ހުއްޓާނުލާތި، އެއީ ސްކޭމެއް ނޫން: އެމްޑީޕީ

09 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމުން، އެކަމާ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި ހިލޭ ޑިގްރީ ޕްރޮގްރާމް އޭރު ހިންގާފައި ވަނީ ބޮޑު ސްކޭމެއްގެ ގޮތުގައި ކަމަށް ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމުން، އެކަމާ އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހިލޭ ޑިގްރީ ޕްރޮގްރާމަކީ ފުރަތަމަ ފަހަރަށް ޑިގްރީ އަށް ކިޔަވާ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ކިޔަވަން ފުރުސަތު ލިބޭ ޕްރޮގްރާމެކެވެ. ކުރީގެ ސަރުކާރުން ބުނެފައިވާ ގޮތުގައި، ހިލޭ ޑިގްރީ ޕްރޮގްރާމުގައި 15،000 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ހިލޭ ޑިގްރީ ޕްރޮގްރާމަކީ އެއްގޮތަކަށް ވެސް ސްކޭމެއް ނޫން ކަމަށާއި އެ ޕްރޮގްރާމް ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"ހިލޭ ޑިގްރީ ޕްރޮގްރާމް އޭގެ އެންމެ ފުރިހަމަ މާނައިގައި ކުރިއަށް ގެންގޮސްދިނުމަށް އެދެން. އެއީ ވަރަށް މުހިންމު ކަމެއް. ވަރަށް ގިނަ ޒުވާނުންގެ މުސްތަގުބަލާ ގުޅިފައި އޮތް ކަމެއް،" މައުރޫފް ވިދާޅުވި އެވެ.

މަތީ ތައުލީމްގެ ގާނޫނަށް ގެނައި އިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމްތައް ހިންގީ ކޯސްތަކުގެ އަގު ވައްޓާލައި 60 ޕަސެންޓަށް ސަބްސިޑީއެއް ދޭ އުސޫލުން ކަމަށެވެ.

އޭގެ ސަަބަބުން ކޮލެޖުތައް އިނދަޖެހިގެން ދިޔަ ކަމަށާއި ބައެއް ކޮލެޖުތައް ތަޅު އަޅުވަން ޖެހުނު ކަމަށް އޭނާ ވިދާޅުވި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތެއް ކަމަށްވާ އަފްރާހު އިސްމާއިލް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގައި އެދިގެން ދިން ތަފާސްހިސާބުތަކުގައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމަށް ސަރުކާރުން ވަނީ 695 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ 20،337 ދަރިވަރުންނަށް ހަރަދުކުރި ވަރެވެ.

ސަރުކާރުން ވަނީ ހިލޭ ޑިގްރީގެ ދަށުން ކިޔެވުމަށް ރާއްޖޭގެ ދެ ޔުނިވާސިޓީ އަށާއި ނުވަ ކޮޖެލަކަށް ފައިސާ ދޫކޮށްފަ އެވެ. އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ ވިލާ ކޮލެޖަށެވެ. އެއީ 4،522 ދަރިވަރުންނަށް 172.8 މިލިއަން ރުފިޔާ އެވެ.

ދެ ވަނަ އަށް އެންމެ ގިނަ ފައިސާ ދޫކުރީ ގައުމީ ޔުނިވާސިޓީން ކިޔެވި 4،504 ދަރިވަރަކަށެވެ. އެއީ 138.8 މިލިއަން ރުފިޔާ އެވެ. ތިން ވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައި ވަނީ އެމްއައި ކޮލެޖަށެވެ. އެއީ 2،842 ދަރިވަރުންނަށް 106.2 މިލިއަން ރުފިޔާ އެވެ.