Roadha Mihaaru

މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމުން ޑރ. ވިޓާލީ ލުބިމޯވް މިއަދު ވަކިކޮށްފި އެވެ.

މިފްކޯގެ ސީއީއޯގެ މަގާމުން ވިޓާލީ ވަކިކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމުން ޑރ. ވިޓާލީ ލުބިމޯވް މިއަދު ވަކިކޮށްފި އެވެ.

ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ، ޑރ. ވިޓާލީ އެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އޭނާ އަކީ މިފްކޯގެ ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ރާއްޖޭން ބޭރުގެ ބޭފުޅާ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯކަމުން ވިޓާލީ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.

ވިޓާލީ މަގާމުން ވަކިކުރިއިރު، މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަނުކޮށްފަ އެވެ.

އޭގެފަހުން، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު ވަނީ މިދިޔަ ޖެނުއަރީ މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފަ އެވެ.

މިފްކޯގެ ސީއީއޯގެ މަގާމާ ވިޓާލީ ހަވާލުވެވަޑައިގެންނެވީ، މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.