ރަށްރަށުގައި ނަރުދަމާ އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއުތައް މި ވެރިކަން ފެށުނުއިރު ވެސް އޮތީ ހުއްޓިފައި ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
15 ޖުލައި 2024
ރަށްރަށުގައި ނަރުދަމާ އަޅަން ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއުތައް މި ވެރިކަން ފެށުނުއިރު ވެސް އޮތީ ހުއްޓިފައި ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތް މައްސަލާގައި ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ފެނާއި ނަރުދަމާގެ މަސައްކަތް އެއްކޮށް ހުއްޓިފައި ހުރީ ފެނަކައާ ހަވާލުކުރި ތަންތަނުގައި ކަމަށެވެ.
ފެނަކަ އަކީ އެއްވެސް އިރެއްގައި ފެނާއި ނަރުދަމާ އެޅުމުގެ ކޮންޓްރެކްޓެއްގެ މަސައްކަތް ކުރި ބައެއް ނޫން ކަމަށާއި އެހެން ނަމަވެސް ކުރީ ސަރުކާރުން 2020 ވަނަ އަހަރު 19 ރަށެއްގައި އެ މަސައްކަތް ކުރަން އެ ކުންފުންޏާ ހަވާލު ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފެނަކައާ ހަވާލުކުރި މި މަޝްރޫއުތައް އެ ކުންފުނިން ސަބްކޮންޓްރެކްޓް ކުރީ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތަށް ހަވާލުކުރި މަޝްރޫއެއްގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ފެނަކަ އާ ހަވާލު ކޮށްފައި ހުރި މަސައްކަތްތައް މި ވަނީ އެއްކޮށް ހުއްޓިފައި." މުއްތަލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން މިހާރު އެ ހުރިހާ ކޮންޓްރެކްޓެއް ބާތިލް ކޮށްފައިވާ ކަމަށެވެ.
އެމްޑަބްލިއުއެސްސީ ކުންފުނި މެދުވެރިކޮށް ސާވޭތައް ހަދައި އަގު ހޯދާފައިވާ ކަމަށާއި އަދި އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރުމަށް ޓެންޑާ އަށް ހުށަހަޅާފައިވާ ކަމަށް ވެސް މުއްތަލިބް ވިދާޅުވި އެވެ.
31 ބިލިއަންގެ މަޝްރޫއު ހިންގަން ލިބުނީ 5 ބިލިއަން
60މަޝްރޫއު ނުނިންމައި ބަޖެޓް ހުސްކޮށްލި މައްސަލައެއް
އައްޑޫ ބްރިޖު: މިހާރު ކުރިޔަށްދަނީ ފައިސާ ހަމަޖެއްސުން
ރިޕޯޓު ހުށަނާޅާތީ ތިނަދޫ އެއާޕޯޓު މަޝްރޫއު މަޑުޖެހިއްޖެ
ރަސްފަންނު މަރާމާތުކުރަން މިނިސްޓްރީން ފަށަނީ
ކަރަންޓު މައްސަލާގައި ކޮމިޓީއަށް ފެނަކަ ހާޒިރުކުރަނީ
ރަށްރަށުގައި 12،000 ހައުސިން އަޅާނެ ބަޔަކު ހޯދަނީ
ފްލެޓް މައްސަލަ ދިގުލައިގެން ދިއުމުން މާފަށް އެދިއްޖެ
މާފަންނުން ފެން ހިންދާ ޕަމްޕް ސްޓޭޝަން ހަލާކުވެއްޖެ
މަގުތަކުން ފެން ހިންދަން އިތުރު ޕަމްޕުތަކެއް ގެންނަނީ