17 ޖުލައި 2024
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް ކުޅިބަލާ މީހަކު ދަނޑަށް އަރައި ރެފްރީ އަށް ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.
ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މެޗެއް ކުރިއަށް ދަނިކޮށް ކުޅިބަލާ މީހަކު ދަނޑަށް އަރައި ރެފްރީ އަށް ނުރައްކާތެރި ހަމަލާއެއް ދީފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށާއި، އެކަމުގައި އުމުރުން 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފޭސްބުކުގައި ދައުރުވަމުން އަންނަ އެ ހަމަލާގެ ވީޑިއޯގައި ފެންނަނީ މާލެގަން ސްޕޯޓްސް ކްލަބާއި ސައުތު ސައިޑް ސްޕޯޓްސް ކްލަބް (މާދަޑު) ޓީމު ކުޅުނު ސެމީ ފައިނަލް މެޗު ކުރިއަށް ދަނިކޮށް، ކުއްލިއަކަށް ދަނޑު ބޭރުން މީހަކު ދުވެފައި އައިސް ފުންމައިގެން އަރައި ރެފްރީގެ ބުރަކަށީގައި ކޮޅުފައިން ޖަހާ މަންޒަރެވެ.
އޭރު ރެފްރީ ހުރީ ކުޅުންތެރިޔަކަށް އަނިޔާވުމުން ފަރުވާދޭތީ އެތަނުގައި މަޑުކޮށްލައިގެންނެވެ. ހަމަލާއާ އެކު ރެފްރީ ކަހާލައިގެން ގޮސް ޖެހުނީ އެތަނުގައި ހުރީ އެހެން ކުޅުންތެރިއެއްގެ ގައިގަ އެވެ. އެ ކުޅުންތެރިޔާ ބޮލަށް ތަދުވެ އަތްއަޅައިގެން އޮންނަ ތަން ފެނެ އެވެ.
ރެފްރީ އާއި އެ ކުޅުންތެރިޔާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އެ ހަމަލައާ ގުޅިގެން މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށީ އެހެން ރެފްރީއެއް އަރުވައިގެންނެވެ.
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި ހިނގި ހާދިސާއާ ގުޅޭގޮތުން އެ ކައުންސިލުގެ ބަހެއް އަދި ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
މި މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި ރޭ ދަޑިމަގާއި ހޯދަޑު ކުޅުނު މެޗުގައި ދަޑިމަގު ސަޕޯޓަރުން ދަނޑުގެ ޓާފް ހަލާކުކުރަ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ދައުރުވަމުންނެވެ.
ޅ. ޒޯނުގެ ފައިނަލަށް ލެ މެރީޑިއެން، ސެމީގައި ކަނިފުށި އަދި ކަނުހުރާ
ސައުތު ކާފްގެ ފައިނަލަށް ކްރޮސްރޯޑްސް އާއި ހާޑްރޮކް
ޓެކާސް މުބާރާތް ކްރޮސްރޯޑްސްގައި ފަށައިފި
ޓެކާސް މުބާރާތް ފަށަން ހާއްސަ ޗެރިޓީ މެޗެއް
ޓެކާސް ރިސޯޓް ކަޕް ފަށަނީ ސައުތު ކާފު މުބާރާތުން
ޓެކާސް ރިސޯޓް ކަޕް 2024 އަންނަ ހަފްތާ ފަށަނީ
ފީފާގެ ފުޓްސަލް ރޭންކިން؛ ރާއްޖެއަށް ސާފްގެ އެއްވަނަ
ކްލަބް މޯލްޑިވްސްއިން ފުޓްސަލް އެވޯޑް ޖުލައި މަހު
ޓެކާސް ގްރޭޓާ މާލެ ކަޕް: ޗެމްޕިއަންކަން ގާފަރަށް
ފައިނަލް މިރޭ، ގާފަރާއި ބީޖީގެ ކުރިމަތިލުމެއް