މުޅި ދުނިޔެއަށް މި ވަގުތު ދިމާވެގެން އުޅޭ އައިޓީ މައްސަލައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހިދުމަތް ލަސްވުން އެކަށީގެންވާ ކަމަށް، އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
މުޅި ދުނިޔެއަށް މި ވަގުތު ދިމާވެގެން އުޅޭ އައިޓީ މައްސަލައިގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވެސް ހިދުމަތް ލަސްވުން އެކަށީގެންވާ ކަމަށް، އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފި އެވެ.
އައިޓީ ސިސްޓަމްތަކަށް ދިމާވެގެން އުޅޭ މައްސަލަޔާ ހެދި އެއާލައިންތަކާއި އެއާޕޯޓްތަކާއި ބޭންކްތަކާއި ބޮޑެތި ސުޕަމާޓް ފަދަ ތަންތަން ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފަ އެވެ.
"އައިޓީ ސިސްޓަމްތަކަށް މުޅި ދުނިޔޭގައި މި ވަގުތު ވަނީ މައްސަލަތަކެއް ކުރިމަތިވެފައި. ޗެކިން ކުރުމުގައި މި ވަގުތު ފަސިންޖަރުންނަށް ލަސްވުން އެކަށީގެންވޭ،" އެމްއޭސީއެލް އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
އެ ކުންފުނިން ވަނީ މި މައްސަލަތާ ހެދި ދިމާވެދާނެ ދަތިތަކަށް މާފަށް އެދިފަ އެވެ.
There is an ongoing worldwide airline IT systems disruption. Passengers may experience delays during check-ins. We apologize for any inconvenience and appreciate your patience.
— Maldives Airports Company Ltd (@MACLmedia) July 19, 2024
އޮސްޓްރޭލިއާ އާއި ސިންގަޕޫރާއި އެމެރިކާ އާއި އިންޑިއާ އާއި ސްޕެއިން އަދި އެހެން ބައެއް ގައުމުތަކުގެ ވެސް އެއާލައިންތަކާއި ސުޕަމާޓްތަކާއި ބޭންކްތައް ފަދަ ބޮޑެތި ކުންފުނިތަކަށް ވަނީ މިކަމުގެ ސަބަބުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފަ އެވެ.
ރާއްޖެއަށް ވެސް ދަތުރުކުރާ އިންޑިއާގެ އިންޑިގޯ އިިން ވެސް ވަނީ ސިސްޓަމްތަކަށް މި މައްސަލަ ދިމާވެފައިވާ ކަމަށް ބުނެފަ އެވެ.
"މި ވަގުތު ބުކިން، ޗެކިން އަދި ބޯޑިން ޕާސް އަށް އެކްސެސްކުރުމަށް ދަތިވެދާނެ. އަދި ބައެއް ފްލައިޓްތަކަަށް ވެސް މިކަމުގެ އަސަރު ކޮށްފާނެ،" މާކެޓް ޝެއާގެ ގޮތުން އިންޑިއާގެ އެންމެ ބޮޑު އެއާލައިނުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
އިންޑިގޯގެ އިތުރުން ސްޕައިސްޖެޓާއި އަކާސާ އެއާ އިން ވެސް ވަނީ ސިސްޓަމްތަކަށް މައްސަލަ ދިމާވެގެން އުޅޭ ކަމަށް ބުނެފަ އެވެ. އަދި ނިއު ދިއްލީ އެއާޕޯޓުން ވެސް ވަނީ މި މައްސަލަ ދިމާވެގެން އުޅޭތީ އެއާލައިންތަކާ ގުޅިގެން ފަސިންޖަރުންނަށް ލުއިވާނެ ގޮތްތައް ހަމަޖައްސަމުން އަންނަ ކަމަށް ބުނެފަ އެވެ.
އައިޓީ މައްސަލަ އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް ދިމާވި އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާއިން އެ ގައުމުގެ ނޭޝަނަލް ސައިބަ ސެކިއުރިޓީ ކޯޑިނޭޓަރު ވިދާޅުވީ މިއީ "ތާޑް ޕާޓީ ސޮފްޓްވެއާ ޕްލެޓްފޯމަކަށް" ދިމާވި މައްސަލައެއް ކަމަށެވެ. މިއީ ސައިބަ ސެކިއުރިޓީއާ ގުޅުން ހުރި މައްސަލައެއްގެ ގޮތުގައި އަދި މިހާތަނަށް ފާހަގަވެފައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިޓީ ސެކިއުރިޓީ ފާމެއް ކަމަށްވާ "ކްރައުޑްސްޓްރައިކް" އިން ބުނީ މައްސަލަ އުޅެނީ ވިންޑޯސް ހޮސްޓުގެ ކޮންޓެންޓް އަޕްޑޭޓެއްގައި ކަމަށެވެ.
"މެކް އަދި ލިނަކްސް ހޯސްޓުންނަށް އެއްވެސް އަސަރެއް ނުކުރޭ. މިއީ ސެކިއުރިޓީ ނުވަތަ ސައިބާ ހަމަލާއެއް ނޫން،" ކްރައުޑްސްޓްރައިކުން ނެރުނު ބަޔާނުގައި ބުންޏެވެ.
ކްރައުޑްސްޓްރައިކުން ބުނީ މައްސަލަ ދެނެގަނެ، މިހާރު އެކަން ހައްލުކުރާނެ ގޮތް ވެސް ހޯދާފައިވާ ކަމަށެވެ.
އެންމެ ފަހުގެ އަޕްޑޭޓްތައް ހޯދުމަށް ސަޕޯޓް ޕޯޓަލްއަށް ކަސްޓަމަރުން ރިފަަކޮށް، ވެބްސައިޓުގައި އެންމެ ފަހުގެ އަޕްޑޭޓްތަކާއި ހައްލުތައް ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"އެޕެކްސް އިން ސެކިއުރިޓީ" ޕްރޮގްރާމް ފަށައިފި
ޓޫރިޒަމަށް، އޭވިއޭޝަން ހިދުމަތްތައް ވަރުގަދަކުރަންޖެހޭ
އެއާ ސާވިސް ވޯލްޑް ކޮންގްރެސް ފަށައިފި
އެއާޕޯޓުގައި ޖެޓްތައް ޕާކުކުރާނެ ޖާގަ އިތުރުކޮށްފި
ރާއްޖޭގައި ދުވާލަކު މަތިންދާބޯޓުގެ 1200 މޫވްމަންޓް
އާ ރަންވޭ ހުޅުވަން ދަތުރުތައް މެދުކަނޑާލަނީ
އާ ރަންވޭ ބޭނުންކުރަން ފަށަނީ އަންނަ މަހުގެ 6 ގައި
ވީއައިއޭގެ ޗެކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އެމްއޭސީއެލްގެ އެމްޑީއަކަށް މަހުޖޫބު ހަމަޖައްސައިފި
ސީޕްލޭންތައް ދެން ހުޅުމާލެ މަތިން ނުދާނެ