އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް 256 މީހަކަށް މާފު ދެއްވި ކަމަށާއި ނަމަވެސް މި އަހަރުގެ ކުރީކޮޅު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް މާފު ދެއްވީ 13 ކުށްވެރިއަކަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްނެންގެވުމަށް 256 މީހަކަށް މާފު ދެއްވި ކަމަށާއި ނަމަވެސް މި އަހަރުގެ ކުރީކޮޅު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް މާފު ދެއްވީ 13 ކުށްވެރިއަކަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެ އޮފީހުން އެހެން ބުނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ހޯދަން އެދުނު ތަފާސްހިސާބުތަކުގަ އެވެ.
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރައީސް މުއިއްޒުގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މި އަހަރުގެ ފުރަތަމަ ހަތަރު މަހު މާފުދީ އަދި އަދަބު ލުއިކޮށް ދެއްވީ 13 މީހަކަށެވެ. ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން އެ މުއްދަތުގައި ރައީސް މުއިއްޒު މާފު ދެއްވާފައިވަނީ އެންމެ ކުށްވެރިއަކަށެވެ.
ރައީސް އޮފީހުން މި މައުލޫމާތު ހާމަކޮށްފައި ވާއިރު، މި އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ނުރައްކާތެރި ކުށްވެރިންނަށް މި ސަރުކާރުން މާފުދީ، ދޫކޮށްލި ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތު ކޮށްފައި ވެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮތް ދުވަސްވަރު، އެ އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 274 މީހުންނަށް މާފު ދެއްވި އެވެ. އެއީ ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން މާފު ދިން ދިން 18 މީހަކާއި ރައީސް އިބޫގެ އަމިއްލަ އިސް ނެންގެވުމުގެ މަތިން މާފު ދެއްވި 256 މީހެކެވެ.
ކްލެމެންސީގެ ދަށުން މާފުދީ ދޫކޮށްލި މީހުންގެ މައްޗަށް ސާބިތުވެފައިވާ ކުށްތަކަކީ ކޮބައިކަން ހޯދަން ރައީސް އޮފީހުގައި "މިހާރު" އެދިފައިވީ ނަމަވެސް، އެ މައުލޫމާތެއް ނުދެ އެވެ. އެ އޮފީހުން ބުނީ އަދަބު ލުއިކޮށް، މާފުދޭ މީހުންގެ ކުށްތަކަކީ ވަކިވަކިން ރެކޯޑް ބަލަހައްޓަމުންދާ މައުލޫމާތެއް ނޫން ކަމަށެވެ.
އޭގެ އިތުރުން އެ މުއްދަތުގެ ތެރޭގައި ޕެރޯލް ގާނޫނު ދަށުން ދޫކޮށްލި މީހުންގެ އަދަދު މައުލޫމާތު ހޯދަން ވެސް ރައީސް އޮފީހުގައި އެދިފައިވާނެ އެވެ. ނަމަވެސް، އެއީ ރައީސް އޮފީހުގައި ނެތް މައުލޫމާތެއް ކަމަށާއި އެކަން ބަލަހައްޓަނީ ކަރެކްޝަނަލް ސާވިސް އިން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ކްލެމެންސީ ބޯޑުގެ ލަފާގެ މަތިން 122 މީހަކަށް މާފުދީފައި ވެ އެވެ. އަދި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމިއްލަ އިސްނެންގެވުމަށް 379 ކުށްވެރިއަކަށް މާފުދީ، އަދަބު ލުއިކޮށްދީފައި ވެ އެވެ.
ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނަރު އޮފް ފޮލިސް އަހުމަދު ޝިފާން ވިދާޅުވެފައިވަނީ މާލޭގައި ކުށްކުރުން އިތުރުވެފައިވަނީ މިދިޔަ އަހަރު 434 ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލާފައިވާތީ ކަމަށެވެ. އެ ކުށްވެރިން ދޫކޮށްލީ އެ މީހުން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި ކަމަަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހުންނާއި ކުށް ތަކުރާރު ކުރާ މީހުން ދޫކޮށްލުމާއި ބޮޑެތި، ނުރައްކާތެރި ކުށްވެރިންނަށް ޕެރޯލް އަދި ކްލެމެންސީ ކުރީގެ ސަރުކާރުން ވެސް އަދި މި ސަރުކާރުން ވެސް ދޭ ދިނުމަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި މިއީ މިހާރު ރާއްޖޭގައި އާދައަކަށް ވެފައި އޮތް ކަމެއް ކަމަށް އޭނާ އޭރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުށްވެރިން އަބަދުވެސް ތިބެންޖެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގައި ކަމަށް ދެކުމަކީ ވެސް ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ޕެރޯލް އަދި ކްލެމެންސީއަކީ ނިޒާމުގެ ތެރޭގެ ބައެއް ކަމަށެވެ. ނަމަވެސް އެއީ ވަރަށް ޒިންމާދާރުކަމާ އެކު ތަންފީޒު ކުރަން ޖެހޭނެ ކަމެއް ކަމަށް ހަމީދު ވިދާޅުވި އެވެ.
ދައުރެއްގެ ތެރޭގައި އަދަބު ލުއި ކޮށްދެވޭނީ އެއްފަހަރު
އަދަބު ލުއިކުރަން އުސޫލާ ޚިލާފަށް ހުށަހެޅިޔަސް ނުބަލާނެ
އާދައިގެ ކުށްވެރިންނަށް ލުއިދޭނީ ނުރައްކާތެރި ނޫން ނަމަ
އަދަބު ލުއިކުރަން ހަ މަސް ފަހުން އަލުން ހުށަހެޅޭނެ
ރައީސްގެ އިސް ނެގުމަށް އަދަބު ލުއި ކުރަން ގަވާއިދެއް
އެސްޓޯނިއާ ދަތުރަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރަން ނިންމައިފި
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި