ހުކުމް ތަންފީޒުކުރާ މީހުންނަށް އެއް މައްސަލައެއްގައި ލުއި ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ތެރޭގައި އެއް ފަހަރު ކަމަށް ހަމަޖައްސައި، ކްލެމެންސީ ބޯޑުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
28 ސެޕްޓެމްބަރ 2017
ހުކުމް ތަންފީޒުކުރާ މީހުންނަށް އެއް މައްސަލައެއްގައި ލުއި ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ތެރޭގައި އެއް ފަހަރު ކަމަށް ހަމަޖައްސައި، ކްލެމެންސީ ބޯޑުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ކްލެމެންސީ ބޯޑުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކުރުމަށް ހުށަހެޅުމުން ރައީސް ލުއި ދެއްވިޔަސް އަދި ނުދެއްވިޔަސް އޭގެ ހަ މަސް ފަހުން އެ މައްސަލާގައި ލުއި ދިނުމަށް އަލުން އެ މީހަކަށް އިލްތިމާސް ހުށަހެޅިދާނެ އެވެ.
އެކަމަކު އެ ގަވާއިދަށް ގެނައި އިސްލާހު ބުނާގޮތުން ކުށްވެރިއަކަށް ރައީސް ލުއި ދެއްވައިފި ނަމަ، ރައީސްގެ ރިޔާސީ އެ ދައުރު ނިމުމުގެ ކުރިން އެ މައްސަލައަކާ ގުޅިގެން އިތުރު ލުޔެއް ދޭން އެދި އިލްތިމާސެއް ހުށައެއް ނޭޅޭނެ އެވެ. ނަމަވެސްލުއި ނުދޭން ރައީސް ނިންމަވައިފި ނަމަ، އެ ނިންމުން ނިންމަވާތާ ހަ މަސް ފަހުން އަނެއްކާވެސް އިލްތިމާސް ކުރެވިދާނެ އެވެ.
މިގޮޮތަށް ހަމަޖެއްސިޔަސް، ރައީސްގެ އިސް ނެންގެވުމުގައި ބައެއް ކުށްތަކަށް އަދަބު ލުއިކޮށް ދިނުމުގެ ފުރުސަތު އޮންނާތީ ރިޔާސީ ދައުރެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހަކަށް ލުއި ލިބުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ކްލެމެންސީ ބޯޑުގެ ގަވާއިދަކީ ހުކުމް ތަންފީޒުކުރާ މީހާގެ ފަރާތުން އަމިއްލައަށް އިލްތިމާސް ހުށަހެޅުމުން ލުއި ދެއްވުމުގައި އަމަލުކުރާ ގަވާއިދަކަށް ވާތީ އެވެ. އެކަމަކު ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދެނީ އެކަމަށް ހަދާފައި އޮންނަ ވަކި އުސޫލެއްގެ ދަށުންނެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އަރުވާ ބޯޑެވެ. މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދޭން އެދި ރައީސަށް އިލްތިމާސް ހުށަހަޅާ ނަމަ ހުށަހަޅަން ޖެހޭނީ އެ ބޯޑަށެވެ. އެކަމަކު އެ ބޯޑުން ދޭ ލަފާތަކަށް އަމަލު ކުރުން ރައީސަށް ގާނޫނީ ގޮތުން ލާޒިމެއް ނުވެ އެވެ.
އަދަބު ލުއިކޮށް ދިނުމުގެ ގޮތުން، ހުކުމުގެ މުއްދަތު ކުރުކޮށް ދިނުމާއި އެ މީހަކު ތަންފީޒުކުރާ އަދަބު ލުއި ބާވަތަކަށް ބަދަލުކޮށް ދިނުން ފަދަ ބާރު ރައީސަށް ގާނޫނުން ލިބިދެ އެވެ. އެކަމަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ހުކުމްކޮށްފައިވާ ނަމަ އެއީ ރައީސަށް ލުއި ދެވޭ ކަމެއް ނޫނެވެ. އަދި ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި މަރަން ހުކުމްކޮށްފައި ތިބޭ މީހުންގެ އަދަބު ވެސް ރައީސަށް ލުއިކޮށެއް ނުދެވެ އެވެ.
އިބޫ 256 މީހަކަށް މާފު ދިން، ރައީސް މުއިއްޒު 13
އަދަބު ލުއިކުރަން އުސޫލާ ޚިލާފަށް ހުށަހެޅިޔަސް ނުބަލާނެ
އާދައިގެ ކުށްވެރިންނަށް ލުއިދޭނީ ނުރައްކާތެރި ނޫން ނަމަ
އަދަބު ލުއިކުރަން ހަ މަސް ފަހުން އަލުން ހުށަހެޅޭނެ
ރައީސްގެ އިސް ނެގުމަށް އަދަބު ލުއި ކުރަން ގަވާއިދެއް
ކްލެމެންސީ ބޯޑަށް ޝުޖާއު އައްޔަންކޮށްފި
ކުށްވެރިން މިނިވަންކުރުން: ހަމައެއް އުސޫލެއް ނެތް؟
އަލިމަނިކު ދޫކޮށްލި ގޮތް ސާފުކޮށް ނުދޭތީ މަޖިލީހަށް
އަލި މަނިކަށް މާފުކޮށް، ދޫކޮށްލީ މި ސަރުކާރުން!
އަދަބު ލުއިކުރުމާ ބެހޭގޮތުން ތިން މަސް ތެރޭ ލަފާދެނީ