ހުޅުމާލެއިން ހިލޭ ދޫކުރި ބިންތަކާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.
23 ޖުލައި 2024
ހުޅުމާލެއިން ހިލޭ ދޫކުރި ބިންތަކާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު މާލީ ގެއްލުން ބެލުމަށް ހާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ނިންމައިފި އެވެ.
މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އެ އޮޑިޓް ހެދުމަށް ހުށަހެޅީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ހަމަދު އަބްދުﷲ އެވެ.
"ގޯތި ދޫކުރުމުގެ އޮޑިޓް މި ހުށަހަޅަނީ އެއްގޮތަކަށް ވެސް ގޯތިތައް އަނބުރާ ނެގުމަށް ނޫނީ އެކަހަލަ ކަމެއްގަ އެއް ނޫން. އެޗްޑީސީއަށް ލިބިފައިވާ ގެއްލުންތަކަށް ބަލާލަން ވެގެން. ސަރުކާރުތަކުން ސިޔާސީ ބޭނުމަށް މި ފަދަ ކަންކަން ކުރާ އިރު ކުންފުނިތަކަށް މާލީ ގެއްލުމާ އެއްޗެހި ލިބިފައިވަނީ ކިހާވަރަކަށް ކަން ބަލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އެކަން ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ދޫކުރި ބިންތަކާ ގުޅޭ ހާއްސަ އޮޑިޓެއް ހަދަން ނިންމާފައިވާއިރު، ހުޅުމާލެއިން ވިޔަފާރިތަކާއި އާންމުން ދިރިއުޅުމަށް ވެސް ދޭތެރެ ދޭތެރެއިން ބިން ވިއްކަ އެވެ. ހުޅުމާލެއިން އެވްރެޖުކޮށް ބިން ވިއްކަނީ 3،500ރ-4،800ރ. އާ ދެމެދުގަ އެވެ. އެހެން ނަމަވެސް އެންމެ ފަހުން ދެވަނަ ފިޔަވަހިން ހުޅުވާލި ފުރުސަތުތަކުގައި އަކަފޫޓެއް 10،000ރ. އަށް ގަތުމަށް ވެސް ހުށަހަޅާފައިވެ އެވެ.
އެޗްޑީސީގެ ހާއްސަ އޮޑިޓުގެ އިތުރުން އެސްޑީއެފްސީ އުފެދުނީއްސުރެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ލޯނު ދޫކޮށްފައިވާ ގޮތާއި ކުންފުނީގެ ހިންގުމުގެ ކަންކަމާ ގުޅޭ ހާއްސަ އޮޑިޓެއް ހެދުމަށް ވެސް ހުށަހެޅި އެވެ.
ހިޔާއަށް ނެގި ލޯނުތަކުގެ އިންޓަރެސްްޓަަށް 888 މިލިއަން
ހިޔާ ފްލެޓްގެ އަގުކުޑަކޮށްފި ނަމަ ގެއްލުންވާނެ: އޮޑިޓް
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ޕޮލިސް ފްލެޓުގެ ކޮރަޕްޝަނުން 355މިލިއަންގެ ގެއްލުން!
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި
ފަޒީލާ އެކު، އިތުރު ބައެއްގެ ފޯނު ހިފަހައްޓައިފި
އެޗްޑީސީގެ 15 މުވައްޒަފަކު ވަކިކޮށްފި
ބިޑް އުސޫލާ ހިލާފަށް ބިމެއް ނުވިއްކާ: އެޗްޑީސީ
ފުލުހުންގެ އޮފިސަރު ރަޖުނީ މަސައްކަތުން އެކަހެރިކޮށްފި