Roadha Mihaaru
ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

ހުކުރު ދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

24 ޖުލައި 2024

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހިނގާލުން ކުރިއަށް ގެންދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖް ކުރުމަށް ދަތިވާނެތީވެ، ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ގައުމީ ކެޑޭޓް ކޯ އާއި އެމްއެންޑީއެފުން އަންނަނީ އެ ދުވަހު ހަވީރު މާލޭގައި ޕެރޭޑެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ ހުކުރު ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގަ އެވެ.