Roadha Mihaaru

އިމާރާތްކުރަން ކޮންނަނިކޮށް ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް ގަނބައިގެންފި

މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް މިއަދު ގަނބައިގެންފި އެވެ.

މާލޭގައި ގެއެއްގެ ތަޅުންގަނޑުން ބައެއް ގަނބައިގެންފި
އިފްރާޒް އަލީ
އިފްރާޒް އަލީ

13 ޑިސެމްބަރ 2025

މާލޭގައި ގެއެއް އިމާރާތްކުރަން ކޮންނަނިކޮށް، ޖެހިގެން ހުރި ގެއެއްގެ ތަޅުންގަނޑުން ބައެއް މިއަދު ގަނބައިގެންފި އެވެ.

މިއަދު މެންދުރު ފަހު ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ހާދިސާ ހިނގީ މާފަންނު ނަސީމީ ހިނގުމުގައި ހުންނަ ގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ. ގަނބައިގަތީ އެ ގެއާ ޖެހިގެން ހުންނަ މ. އޭޑީ ރީޑުގޭގައި މީހުން ހިނގަން އޮންނަ ގޯޅިގަނޑުގެ ބައެކެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމް ވަނީ އެ ހާދިސާ ހިނގުމުން އެ ސަރަހައްދަށް ހަވީރު ވަޑައިގެން ހާލަތު ބައްލަވައިފަ އެވެ. އަދި އޭޑީ ރީޑުގޭގައި ދިރިއުޅޭ މީހުންނާ ވެސް އާޒިމް ބައްދަލުކުރެއްވި އެވެ.

މާލޭގައި އިމާރާތްކުރުމަށް ބިންގަނޑު ކޮނުމުގެ ތެރޭގައި ގޭގެއަށް އެކި ކަހަލަ ގެއްލުން ލިބުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވެ އެވެ.