ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތް މައްސަލަ އަވަސް އަރުވާލައިގެން، މަރުހަލާތައް ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި އެވެ.
24 ޖުލައި 2024
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތް މައްސަލަ އަވަސް އަރުވާލައިގެން، މަރުހަލާތައް ކުރިއަށް ގެންގޮސް ނިންމޭ ގޮތަށް 19 ވަނަ މަޖިލީހުން ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި އެވެ.
މިދިޔަ 19 ވަނަ މަޖިލީހުން އިސްލާހުކޮށްގެން، މަޖިލީހުގައި އަމަލުކުރަމުން އަންނަ ގަވައިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ފަހު އާންމު ކޮމިޓީން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ރައީސް އާއި ނައިބު ރައީސް ވަކި ކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ ވަގުތުތަކެއް ނޫން ކަން މެންބަރުންނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ރައީސާއި ނައިބު ރައީސް ވަކިކުރެވޭ މާއްދާއަށް ކުއްލި ގޮތަކަށް ގެނައި އިސްލާހުތަކާ މެދު އޭރު ވެސް ކަންބޮޑުވުންތަކެއް ހުއްޓެވެ.
ގަވާއިދަށް އޭރު ގެނައި އިސްލާހުގައި އޮންނަނީ، ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރަން ހުށަހަޅާ ގަރާރެއް ތަހުގީގު ކުރާ ހަތް މެންބަރުންގެ ކޮމިޓީން ގިނަ ވެގެން ފަސް ދުވަސް ތެރޭގައި އެ މައްސަލަ ބަލައި ނިންމަން ޖެހޭ ގޮތަށް އެވެ. އެކަމަކު އާންމު ކޮމިޓީން މިހާރު ވަނީ އެ މުއްދަތު 10 ދުވަހަށް ހަދައިފަ އެވެ.
ގަވާއިދުގައި މިހާރު އޮންނަނީ، ކޮމިޓީ އަށް އެ މައްސަލާގައި އެއްވެސް މީހަކު ހާޒިރު ކުރާނަމަ ދެ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށެވެ. މި މުއްދަތު ކުރު ކަމުން، މިހާރު ވަނީ ފަސް ދުވަހުގެ ނޯޓިސް އަކަށް ބަދަލު ކޮށްފަ އެވެ.
އޭގެ އިތުރުން ކޮމިޓީގެ ބައްދަލުވުން ބާއްވަން ވެސް މެންބަރުންނަށް ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭ ގޮތަށް އޮތް މާއްދާ ވަނީ 24 ގަޑިއިރަށް ބަދަލު ކޮށްފަ އެވެ.
ތަހުގީގު ކޮމިޓީގެ ރިޕޯޓަށް ޖަވާބުދާރީވާން ރައީސަށް ދެ ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން ގަވައިދުގައި ބުނެފައިވާ އިރު އެ މުއްދަތު ވެސް ވަނީ ހަތް ދުވަހަށް އިތުރު ކުރަން ފާސްކޮށްފަ އެވެ.
މަޖިލީހުން މިއަދު އެ އިސްލާހުތައް ފާސްކުރީ، ތަޅުމަށް ހާޒިރުވެ ތިއްބެވި 65 މެންބަރުންގެ ތެރެއިން 64 މެންބަރުންގެ ތާއީދާ އެކުގަ އެވެ.
އެމްޑީޕީއަށް އެކަނި ރައީސް ވަކިކުރެވޭ އިސްލާހު ކޯޓަށް!
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މާދަމާ
ރައީސާއި އަބްދުއްރަހީމް ބައްދަލުކުރައްވައިފި
ބަޔާނުން އެނގުނީ ރައީސްގެ ޕްލޭނެއް އޮތްކަން:މުއްތަލިބް
މާލޭގައި ޕާކިން ބިލްޑިންތައް އަޅަނީ އިންޑިއާގެ އެހީގައި
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ