Roadha Mihaaru
މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް

މާލޭގެ ތޮއްޖެހުން ހައްލު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް

24 ޖުލައި 2024

މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުމާއި މަގުމަތީގެ މައްސަލަތައް ހައްލު ކުރަން "މާލެ ފެހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުމާއި މަގުމަތީގެ މައްސަލަތައް ހައްލު ކުރަން "މާލެ ފެހި" ނަމުގައި ހާއްސަ ޕްރޮގްރާމެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިފުތިތާހު ކޮށްދެއްވައިފި އެވެ.

އެއީ މާލެ އާއި ހުޅުމާލޭގެ ތޮއްޖެހުމުގެ މައްސަލަ ހައްލު ކުރަން މައިގަނޑު ތިން ދާއިރާއަކަށް ބިނާކޮށްގެން ޓްރާންސްޕޯޓް މިނިސްޓްރީން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

އެ ތިން ދާއިރާއަކީ ވެހިކަލް ރަޖިސްޓަރީ ކުރުމުގެ ކަންކަން ގާނޫނުގެ ތެރެއަށް ފެއްތުމާއި އެތެރެކުރާ ވެހިކަލް ކޮންޓްރޯލް ކުރުމާއި ޕަބްލިކް ޓްރާންސްޕޯޓު ހަރުދަނާ ކުރުމުގެ އިތުރުން މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމެވެ.

އެ ޕްރޮގްރާމް އިފްތިތާހު ކުރަން ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، މާލޭގައި މިހާރު ވެހިކަލް ޕާކު ކުރަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތި މިސްކިތްތަކާއި ހޮސްޕިޓަލްތަކުގެ ކުރިމަތީގައި ކަމަށެވެ.

ވެހިކަލްތައް ގެނެސް އެ ވިޔަފާރި ކުރާ ފަރާތްތަކުން ބޭނުން އަދަދަކަށް އެކަން ކޮށްގެން މަންފާ ހޯދުމުގެ މަގު ފަހި ކުރުވާފައިވާ ކަމަށާއި އޭގެ ސަބަބުން އެ މައްސަލަ ވެސް ހައްދުން ނެއްޓިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

އެ މައްސަލަ އެ ހިސާބަށް ދިޔައީ ގާނޫނީ ޒިންމާ އުފުލުމާއި ރެގިއުލޭޓް ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ ކަމަށް އަމީން ވިދާޅުވި އެވެ.

މާލެ ފަހި ޕްރޮގްރާމްގެ ދަށުން މި މައްސަލަތައް ހައްލު ކުރަން ފެށުމުން ކުރިއަށް އޮތް ތަނުގައި ކާރު ގެނައުމުގެ ވިޔަފާރި އަކީ ވެސް އެހެނިހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރެގިއުލޭޓް ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ގާނޫނާއި ގަވައިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.

"މާލޭގެ މަގުމައްޗަކީ އޮޓޮމޮބައިލް ވިޔަފާރި ކުރަން އޮތް ގުދަނަކަށް ހެދުން ނިމުމަކަށް ގެނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީއަކީ ރައްޔިތުން އިތުބާރު ކުރާ ތަނެއް ހަދާނެ ކަމަށާއި ގަރާޖެއް ނެތި ދައުރުވަމުން ދިޔަ ގަރާޖު ސިޓީގެ ބޭނުމެއް މިހާރު ވެސް ނުހިފޭނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ޑޮމެއިންގެ ހިދުމަތްތައް ވެސް ހުޅުވާލެވޭ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކުރިޔަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފިޔަވަޅުތަކާ މެދު ހިތްހަަމަ ނުޖެހޭ މަދު ބައެއް ތިބޭނެ. އެހެން ނަމަވެސް އެއީ ގިނަ ރައްޔިތުންގެ ވިސްނުމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ފަހި މާލެ ޕްރޮގްރާމްގެ އެންމެ މުހިންމު މަސައްކަތަކީ މާލޭގައި ދުއްވާ ވެހިކަލްތަކުގެ އުމުރެއް ކަނޑައެޅުމެވެ. އެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ޔަގީންކަން ދީފައިވާ ގޮތަށް މި އަހަރުގެ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ނިންމުމަކީ މިނިސްޓްރީގެ އެދުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.