Roadha Mihaaru
އެންސްޕާއިން ދޭންޖެހޭ ފައިސާގެ އަދަދު 871 މިލިއަނަށް

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެންސްޕާ އިން 871 މިލިއަން ނުދައްކާ އޮތް!

30 ޖުލައި 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 871 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އެ އެޖެންސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަށް އަންގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އެކި ފަރާތްތަކަށް ދައްކަން ޖެހޭ 871 މިލިއަން ރުފިޔާ ނުދައްކާ އެބަހުރި ކަމަށް އެ އެޖެންސީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމީޓީ އަށް އަންގައިފި އެވެ.

އެ ކޮމިޓީން އަންގައިގެން އެންސްޕާ އިން ފޮނުވި މައުލޫމާތތަކުގައިވާ ގޮތުން 871 މިލިއަން ރުފިޔާއަކީ ނޮވެމްބަރު 17، 2023 ގައި ކުރީގެ ސަރުކާރު ނިމުނުއިރު، އެހާތަނަށް އަމިއްލަ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާ އެވެ.

އެންސްޕާ މެދުވެރިކޮށް އެހީ ދިނުމަށް ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ވެސް ހަތަރު ބިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ. އޭގެ ތެރޭގައި އެކަނިވެރި މައިންނަށް ދޭ ފައިސާ އާއި ސިއްހީ އެކި ބޭނުންތަކުގައި ދޭ އެހީތައް ވެސް ހިމެނެ އެވެ. އެންސްޕާ އިން ކުރާ ހޭދަ އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ.

މާލިއްޔަތު ކޮމިޓީން ވަނީ އާސަންދަ އާއި އެންސްޕާ އިން އޭޑީކޭ ހޮސްޕިޓަލަށް ދޭން ހުރި ޕެންޑިން ބިލްތަކުގެ ތަފްސީލުވެސް އާންމު ކޮށްފަ އެވެ. އޭޑީކޭ އަށް އެކަނި ވެސް އާސަންދަ އާއި އެންސްޕާ އިން 144 މިލިއަން ރުފިޔާ ދައްކަން ޖެހި، ނުދައްކާ އެބައޮތެވެ.

މިއަދުގެ ކޮމިޓީގައި އާސަންދައިން ކޮމިޓީން ބޭނުންވި މައުލޫމާތުތައް ހާމަ ނުކުރުމުން ކޮމިޓީގެ މެންބަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި އަލުން އެ މައުލޫމާތުތައް ހާމަކުރުމަށް އާސަންދައިގައި ވަނީ އެދިފަ އެވެ.