އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި އަންހެނަކު ފެންވަރަން ހުއްޓާ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ، ފުލުހުންގެ ބޮޑީ ވޯން ކެމެރާއިން އެ މަންޒަރު ރެކޯޑްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
31 ޖުލައި 2024
އައްޑޫ ސިޓީގެ ހިތަދޫގެ ގެއެއްގައި އަންހެނަކު ފެންވަރަން ހުއްޓާ ދޮރު ވައްޓާލައިގެން ފުލުހުން ވަދެ، ފުލުހުންގެ ބޮޑީ ވޯން ކެމެރާއިން އެ މަންޒަރު ރެކޯޑްކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތައް ފުލުހުން މިއަދު ދޮގުކޮށްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހިތަދޫގެ ގެއެއް އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އެޕާޓްމަންޓަށް ފުލުހުން ވަނުމަށް ދޮރު ހުޅުވުމަށް ތަކުރާރުކޮށް އެދުމުން ވެސް ދޮރު ނުހުޅުވުމުން އެ އެޕާޓްމަންޓަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ތަޅު ހަލާކު ކޮށްލައިގެން ކަމަށް ފުލުހުން ބުންޏެވެ. އަދި އެ އެޕާޓްމަންޓްގެ ދެ ކޮޓަރިއެއްގެ ދޮރު ހުޅުވުމަށް އެދުމުން ވެސް ދޮރު ނުހުޅުވުމުން ފުލުހުން އެތަނަށް ވެސް ވަދެފައި ވަނީ ބާރުގެ ބޭނުންކޮށްގެން ކަމަށާއި ފުލުހުން ބުންޏެވެ.
"އޭގެ ތެރެއިން އެއް ކޮޓަރީގައި ފެންވަރައިގެން ނުކުމެ ހުރި އަންހެނަކު ހުރުމުން ފުލުހުން ވަނީ ދޮރު ލެއްޕުމަށް ފަހު ކޮޓަރިން [އަންހެން މީހާ އަށް] ނުކުތުމަށް ފުރުސަތު ދީފައި،" ފުލުހުން ބުންޏެވެ.
"އެޕާޓްމަންޓްގެ އެއްވެސް ފާހާނައެއްގެ ދޮރު ވައްޓާލައި ވަދެފައި ނުވާކަން ފާހަގަކުރަން. އަދި މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން މި ފުރުސަތުގައި ފާހަގަކޮށްލަން." ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވެ އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގުމުގައި ފުލުހުން ބާރުގެ ބޭނުންކުރި ގޮތުގެ ރިވިއުއެއް، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ހަދާނެ ކަމަށެވެ.
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ބޮކްސާގައި ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ޑްރަގު ވިޔަފާރިގެ ބޮޑުންތަކެއް އައްޑޫން ހައްޔަރުކޮށްފި
އައްޑޫ ދެމަފިރިންގެ ޖަނާޒާ މާދަމާ ބާއްވަނީ
އޮޓޮޕްސީއާ މެދު ގޮތެއް ނުނިމޭތީ ދެމަފިރިން ވަޅުނުލެވި
އައްޑޫގައި ދެމަފިރިއަކު ނިޔާވެފައި އޮއްވާ ފެނިއްޖެ
ހިތަދޫގައި މާރާމާރީ ހިންގައި މީހަކު ޒަހަމްކޮށްލައިފި
އައްޑޫގެ އެންމެބޮޑު އެއް ޑްރަގު ޑީލަރު އުމުރަށް ޖަލަށް
މީހަކު ރަހީނުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި