ހުޅުމާލެ 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރުގައި އޭރު ތިބި މީހުން ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
ހުޅުމާލެ 2 ގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު، އެ އެކްސިޑެންޓު ހިނގަން މެދުވެރިވި ސްޕޯޓްސް ކާރުގައި އޭރު ތިބި މީހުން ފިލައިގެން އުޅެނިކޮށް ރޭ ހައްޔަރުކޮށްފި އެވެ.
ރޭ ދަންވަރު ފުލުހުން މީޑިއާގައި ބުނީ، އެ މައްސަލާގައި ހައްޔަރުކުރީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލް ކަމަށެވެ.
މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ފޮޓޯ އާންމުކުރުން ފަހަކަށް އައިސް ފުލުހުން ހުއްޓާލާފައި ވިޔަސް އެ ތިން މީހުންގެ ފޮޓޯ ވެސް ރޭ އާންމުކުރި އެވެ. އެކަމަކު އަދި އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.
ފުލުހުން ރޭ ފުރަތަމަ މީޑިއާގައި ބުނީ، އެ ކާރު ދުއްވަން ހުރި މީހާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު، އޭގެ ދެ ގަޑިއެއްހާއިރު ފަހުން ވަނީ ތިން މީހުން ހައްޔަރު ކޮށްފައިވާކަން ހާމަކޮށް، އެ އެންމެންގެ ފޮޓޯ އެންމެންނަށް ދޫކޮށްލައިފަ އެވެ. ކާރު ދުއްވަން އިނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ.
މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މީހާގެ މޫނަށް ވަރަށް ބޮޑަށް އަނިޔާ ވެފައިވާއިރު، އޭނާ އަށް މިހާރު ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ. އޭނާގެ ހާލު މިހާރު "ސްޓޭބަލް" ކަމަށް އެ ހޮސްޕިޓަލުން ރޭ ބުންޏެވެ.
އެކްސިޑެންޓުވިއިރު، ކާރުގައި ތިބި މީހުން އެ ކާރުން ފައިބައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ރޭ ސޯޝަލް މީޑީއާގައި އާންމުވި އެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި، އެކްސިޑެންޓުވި ފަހު، ކާރުން ދެ ފިރިހެނުން ނުކުމެ އެވެ. ކާރު ދުއްވަން އިން، ހުދުކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކާ އެކު ކާރުން ދެން ފައިބަނީ ރީނދޫ ކުލައިގެ ޓީޝާޓެއްގައި ހުރި ފިރިހެނެކެވެ.
ހުޅުމާލެ 2 ގައި ހިނގި އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކްސިޑެންޓުވުމުން އެ ދެ މީހުން ވެސް ކާރުން ފައިބައިގެން ގޮސް އަނިޔާވެފައި އޮތް މީހާ ކައިރީގައި މަޑުކުރެ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން، ކާރު ދުއްވަން އިން މީހާ އެހެން މީހެއްގެ ސައިކަލު ފަހަތަށް އަރައިގެން އެކްސިޑެންޓް ހިނގި ސަރަހައްދުން ފިލައިގެން ދާ މަންޒަރު އެހެން ވީޑިއޯއަކުން ފެނެ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރެއް ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
ސްޕޯޓްސް ކާރު ކޮންޓްރޯލުން ނެއްޓި ގޮސް ޖެހުނީ މި ސައިކަލްގައިގައި އިން މީހާގެ ގައިގައި.--- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އިއްޔެ މެންދުރު އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓުތަކުގެ މެދަށް އޮންނަ މަގުން ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރު ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެކްސިޑެންޓުވި ކާރުގެ ނަންބަރު ބޯޑު: އެ ކާރު ދުއްވަމުން އައީ ވެސް ހުއްދަ ނެތް ޒޯނެއްގައި.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓްރީކޮށްފަ އެވެ.
ކާރުން ޖެހުނުލެއް ބާރުކަމުން އޭނާ ވެއްޓެނީ ވިއްސައިގެން ގޮސް އެނބުރެމުން ގޮހެވެ. ސައިކަލްގެ މަޑިއާ އާއި އެކި ބައިތައް ވެސް މާ ދުރަށް ބުރައިގެން ދިޔަ މަންޒަރު، ސޯޝަލް މީޑިއާގައި އާންމުވި އެ އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން ފެނެ އެވެ.
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި 2 ކުއްޖަކަށް އަނިޔާ
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ