Roadha Mihaaru
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި

ހުޅުމާލެ 2 ގެ އެކްސިޑެންޓު: އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި

06 ސެޕްޓެމްބަރ 2024

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ބަންދުކުރި ގޮތް ގޯސްވެގެން ދޫކޮށްލުމުން އަލުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިން މުއަދަތު ހަމަވުމުން މިއަދުން ފެށިގެން އިތުރު 30 ދުވަހަށް ބަންދު ކުރަން ކޯޓުން އަންގައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސްޕޯޓްސް ކާރު ދުއްވި މީހާ ބަންދުކުރި ގޮތް ގޯސްވެގެން ދޫކޮށްލުމުން އަލުން ހައްޔަރުކޮށް، ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިން މުއަދަތު ހަމަވުމުން މިއަދުން ފެށިގެން އިތުރު 30 ދުވަހަށް ބަންދު ކުރަން ކޯޓުން އަންގައިފި އެވެ.

މިދިޔަ ޖުލައި މަހުގެ 31 ގައި އެ އެކްސިޑެންޓު ހިނގީ ވިނަރެސް ފްލެޓްތަކުގެ މެދަށް އޮންނަ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ކާރުން ޖެހިގެންނެވެ.

ކާރު ދުއްވި އިބްރާހިމް އިކްރާމް ފިލައިގެން އުޅެނިކޮށް އޭނާ ވަނީ ހަމަ އެ ރޭ ހައްޔަރުކޮށްފަ އެވެ. އަދި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އޭނާ މިނިވަންވީ ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރު ގޯސްވެގެންނެވެ.

ވަކީލެއްގެ ފުރުސަތު އިކްރަމަށް ނުދިނުމުން އެ ނިންމުން ބާތިލުކޮށް އޭނާ މިނިވަންކުރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. އެކަމަކު، ފުލުހުން އޭނާ އަލުން ހައްޔަރު ކުރުމުން ކޯޓަށް ގެންދިއުމުން ތަހުގީގުގެ ބޭނުމަށް ތިން ދުވަހަށް ބަންދުކުރުމުގެ ހުއް ދިނީ މިދިޔަ އަންގާރަ ދުވަހު އެވެ.

ފުލުހުން މިއަދު ބުނީ، އިކްރާމް ބަންދު ކޮށްފައި ބަހައްޓަން ކޯޓުން ދިން ތިން ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ، ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދު ކުރުމަށް އަމުރު އަންގާފައިވާ ކަމަށެވެ.

އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ. އެ މީހުން ވެސް ތިބީ ބަންދުގަ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ.

ސްޕޯޓްސް ކާރަކާއި ސައިކަލެއް އެކްސިޑެންޓުވެ، ރޭ ވަނީ އުމުރުން 23 އަހަރުގެ ޒުވާނަކު ވެސް ނިޔާވެފަ އެވެ. އެ ކާރު ދުއްވަން އިނީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އެވެ. އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު ވަނީ އަންގައިފަ އެވެ.