ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ ކުރު ރާސްތާ މިސައިލަކުން ކަމަށް އެ ގައުމުގެ ސިފައިން މިއަދު ބުނެފި އެވެ.
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އީރާންގައި އަވަހާރަކޮށްލަން ހަމަލާދީފައި ވަނީ ކުރު ރާސްތާ މިސައިލަކުން ކަމަށް އެ ގައުމުގެ ސިފައިން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދަމު ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާންގެ އާ ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އޭނާ ހުންނަވާ ގެސްޓް ހައުސް އަށް ވަޑައިގެންތަނާ އެވެ. ގަތަރުގައި އުޅުއްވާ ހަނިއްޔާ އީރާނަށް ވަޑައިގެން އުޅުއްވަނިކޮށް ހަމަލާދިން ގޮތުގެ އެއްވެސް ތަފްސީލެއް ރަސްމީކޮށް ހާމަ ނުކޮށް ތިބުމަށް ފަހު އީރާން ސިފައިން ނެރުނު ބަޔާނުގައި ބުނީ ހަމަލާ ދީފައިވަނީ ހަނިއްޔާ ހުންނެވި އިމާރާތުގެ ބޭރުން ކަމަށެވެ.
އީރާނުން މިހެން ބުނެފައި ވާއިރު ނިއު ޔޯކް ޓައިމްސް އިން މެދުއިރުމައްޗާއި އެމެރިކާގެ ބައެއް އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ ހަނިއްޔާ އަވަހާރަކޮށްލީ މީގެ ދެ މަސް ކުރިން، އީރާން ސަރުކާރުގެ ގެސްޓް ހައުސްގައި ހަރުކުރި ބޮމެއް ރިމޯޓުކޮށް ގޮއްވާލައިގެން ކަމަށެވެ.
ނަމަވެސް އީރާން ސިފައިން ބުނީ ތަހުގީގުގައި މިހާތަނަށް އެނގިފައިވާ ގޮތުގައި އިމާރާތުގައި ހަނިއްޔާ ހުންނެވި ތަނަށް ހަމަލާ ދިނީ ކުރު ރާސްތާ މިސައިލެއް ބޭނުންކޮށްގެ ކަމަށާއި އެއީ އިމާރާތުގެ ބޭރުން ފޮނުވާލި، ގާތްގަނޑަކަށް ހަތް ކިލޯގެ ގޮވާތަކެތި ހުރި މިސައިލެއް ކަމަށެވެ.
ކުރިން ވެސް އީރާނުން ތުހުމަތުކުރި ގޮތަށް، ސިފައިންގެ ބަޔާނުގައި ވެސް ބުނީ މިއީ އިޒްރޭލުން ދިން ހަމަލާއެއް ކަމަށާއި އެކަމުގެ ބަދަލު ހަރުކަށިކަމާ އެކު ހިފާނެ ކަމަށެވެ.
ހަނިއްޔާ އަވަރާކޮށްލުމަކީ އިޒްރޭލުގެ އަމަލެއް ކަމަށް އީރާނާއި ހަމާސް އިން ވެސް ބުނާއިރު މިކަން އިޒްރޭލުން ދޮގެއް ނުކުރެ އެވެ. އެކަމަކު ހަމަލާގެ ޒިންމާއެއް ވެސް ނުއުފުލަ އެވެ. އެކަމަކު އިއްޔެ ބުނެފައިވަނީ ހަނިއްޔާ އަވަރާހަކޮށްލި ރޭ މެދުއިރުމަތީގެ ގައުމެއްގައި އިޒްރޭލުން ވައިގެ މަގުން ހަމަލާއެއް ދިނީ ލުބްނާންގައި ކަމަށެވެ. އެ ގައުމުގައި ވެސް ދިނީ އެންމެ ހަމަލާއެއް ކަމަށާއި އެއީ ހިޒްބުﷲގެ އިސް ކޮމާންޑަރަކަށް ދިން ހަމަލާ ކަމަށް ބުންޏެވެ.
"މިކަން ސާފުކޮށްދޭން ބޭނުން. ވައިގެ މަގުން، މިސައިލުން ނުވަަތަ ޑްރޯނުން ވެސް އިޒްރޭލުން މެދުއިރުމަތީގައި އެ ނޫނީ [ލުބްނާންގައި ނޫނީ] ހަމަލާއެއް ނުދެން. މިއަށްވުރެ އިތުރަކަށް ނުބުނާނަން،" އޮންލައިންކޮށް ބޭއްވި ޕްރެސް ބްރީފިންއެއްގައި އިޒްރޭލު ސިފައިންގެ ތަރުޖަމާނު ޑެނިއެލް ހަގާރީ ބުންނެވެ.
ހަނިއްޔާ އިއްޔެ ވަނީ އޭނާ އާންމުކޮށް އުޅުއްވާ ގަތަރުގައި ފަސްދާނުލައިފަ އެވެ. ހަމާސް އިން ބުނީ ހަނިއްޔާ އަވަހާރަކޮށްލި ނަމަވެސް ޖަމާއަތުގެ ހިތްވަރަށް ބަދަލެއް ނާންނާނެ ކަމަށާއި އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.
ހަނިއްޔާ އަވަހާރަކޮށްލި ކަމަށް އިޒްރޭލުން އެއްބަސްވެއްޖެ
ހަނިއްޔާ އަވަހާރަކޮށްލީ މާކުރިން ހަރުކުރި ބޮމަކުން
ހަނިއްޔާގެ މަރާ ގުޅިގެން އިޒްރޭލުގެ ނުސީދާ ޖަވާބެއް
ހަނިއްޔާ ފަސްދާނުލުން ހުކުރު ދުވަހު ގަތަރުގައި
ހަމާސްގެ ލީޑަރުގެ ތިން ދަރިން އަވަހާރަކޮށްލައިފި
ހަމާސްގެ ލީޑަރުގެ އަންހެން ކޮއްކޮ ހައްޔަރުކޮށްފި
ހަމާސްއިން ބޭނުމީ ދާއިމީކޮށް ހަމަލާތައް ހުއްޓުވުން
އީރާންގެ ޖެނެރަލްގެ މަރާއި ހަމާސްގެ ހަމަލާއާ ގުޅުވައިފި
ނޯވޭގެ ޓޭންކަރަކަށް ހޫތީންގެ މިސައިލް ހަމަލާއެއް
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް