ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ މިއަދު އިސްތިއުފާ ދެއްވައި ފިއްލެވުމާ އެކު އޭނާގެ ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ޖަލުން މިނިވަންކުރުމަށް ރައީސް މުހައްމަދު ޝަހާބުއްދީން އަމުރުކުރައްވައިފި އެވެ.
ބަންގްލާދޭޝްގެ ބޮޑުވަޒީރުކަމުގައި ހުންނެވި ޝައިޚް ހަސީނާ މިއަދު އިސްތިއުފާ ދެއްވައި ފިއްލެވުމާ އެކު އޭނާގެ ވާދަވެރިޔާ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ ޖަލުން މިނިވަންކުރުމަށް ރައީސް މުހައްމަދު ޝަހާބުއްދީން އަމުރުކުރައްވައިފި އެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް ލޭއޮހޮރުވުމަކަށް ބަދަލުވެ އުފެދުނު ބޮޑު ހާސްކަމުގެ ތެރޭގައި ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމާ އެކު ޚާލިދާ މިނިވަންކުރަން ނިންމީ އިދިކޮޅު ޕާޓީތަކުގެ ބައްދަލުވުމަކަށް ފަހުގައި ކަމަށް، އެކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސް ޝަހާބުއްދީން ވަނީ ބަންގާލާދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ) ގެ ޗެއާޕާސާން ބޭޣަމް ޚާލިދާ ޒިއާ ވަގުތުން މިނިވަންކުރުމަށް ނިންމާފައި،" ބަޔާނުގައިވެ އެވެ.
ހަސީނާގެ ސިޔާސީ އެންމެ ބޮޑު ވާދަވެރިޔާ ކަމަށްވާ ޚާލިދާ 2018 ވަނަ އަހަރު 17 އަހަރަށް ޖަލަށްލީ ހިޔާނާތުގެ ތުހުމަތުކޮށްފަ އެވެ. އުމުރުން 78 އަހަރުގެ ޚާލިދާ ޖަލަށް ލި އިރު ވެސް އޭނާ އުޅުއްވަމުގެން ގެންދެވީ އާލާސްކަންފުޅާ އެވެ. އެހެންވެ އޭނާ އޮންނަވަނީ ހޮސްޕިޓަލްގަ އެވެ.
ހަސީނާ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގަތީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން ހަސީނާ އާއި ޚާލިދާ އެކި ފަހަރުމަތިން ވެރިކަން ކުރައްވާފައިވެ އެވެ. އަދި މި ދެ ލީޑަރުންގެ ސިޔާސީ ވާދަވެރިކަމުގައި ގައުމުގެ ސިޔާސީ މައިދާން ގަޑުބަޑުވި އެވެ.
ހަސީނާގެ އަވާމީ ލީގުން އެ ޕާޓީ އަކީ މެދުމިނުގެ ސިޔާސަތަށް ތާއީދުކުރާ އަދި ސެކިއުލާ ވިސްނުމުގެ ޕާޓީއެއް ކަމަށް ބުނާއިރު އެ ޕާޓީން ބީއެންޕީ ސިފަކުރަނީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ބައެއްގެ ގޮތުގަ އެވެ.
ޚާލިދާ މިނިވަންކުރަން ނިންމި ބައްދަލުވުމުގައި އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް ވާކިރުއްޒަމާންގެ އިތުރުން ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ ވެރިޔާ އަދި ބީއެންޕީ އާއި ޖަމާއަތުލް އިސްލާމީ ޕާޓީ އަދި އިދިކޮޅު އެހެންވެ ބައެއް ޕާޓީތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ހަސީނާއަށް ބަންގްލާދޭޝްގެ ވެރިކަން ފަސް ވަނަ ފަހަރަށް
ހަސީނާއާ ދެކޮޅަށް ބަންގްލަދޭޝް ރައްޔިތުން މަގުތަކަށް
ހަސީނާގެ ވެރިކަން ވައްޓާލި ދަރިވަރުންގެ ސިޔާސީ ޕާޓީއެއް
ބަންގްލާދޭޝްއަށް ޗައިނާގެ ހޮސްޕިޓަލްތަކެއް ހާއްސަކުރަނީ
"ހަސީނާގެ" ގޭންގުތަކުގެ 1300 މީހަކު ހައްޔަރުކޮށްފި
ހަސީނާ ހައްޔަރުކުރަން ކޯޓަކުން އަނެއްކާވެސް އަމުރެއް
ހަސީނާއަށް ތުހުމަތުވާ 5 ބިލިއަން ޑޮލަރުގެ ހިޔާނާތެއް
ބަންގްލާދޭޝްގެ އިންތިހާބު 2025 ގެ ފަހުކޮޅު
އިންޑިއާގެ އުނދަގުލާ ދެކޮޅަށް ތެދުވާންޖެހޭ: ޔޫނުސް
ހަސީނާ ހައްޔަރުކުރަން އައިސީސީގެ އެހީއަށް އެދެނީ