ފެޝަން ޝޯއެއްގައި ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާއާ ފްލާޓްކުރި މޮޑެލްއަކު، ސިދާތުގެ އަންހެނުން އަދި އެކްޓްރެސް ކިއާރާ އަދުވާނީ ގާތުން މާފަށް އެދިއްޖެ އެވެ.
ފެޝަން ޝޯއެއްގައި ބޮލީވުޑްގެ އެކްޓަރު ސިދާތު މަލްހޯތުރާއާ ފްލާޓްކުރި މޮޑެލްއަކު، ސިދާތުގެ އަންހެނުން އަދި އެކްޓްރެސް ކިއާރާ އަދުވާނީ ގާތުން މާފަށް އެދިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެއީ މިދިޔަ ހުކުރު ދުވަހު އިންޑިއާގެ ދިއްލީގައި ބޭއްވި ފެޝަން ޝޯއެއްގައި ހިނގި ކަމެކެވެ. ސިދާތުއާ ފްލާޓްކުރީ އެ ފެޝަން ޝޯގައި ބައިވެރިވި އިންޑިއާގެ ސުޕަމޮޑެލް އެލިސިއާ ކޯރް އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެލިސިއާ ވަނީ އެ ޝޯގެ ތެރެއިން ސިދާތުއާ ގައިގޯޅިވާން ވަރަށް މަސައްކަތް ކޮށްފަ އެވެ. އަދި އެކަމާ ހެދި ސިދާތުއަށް އުނދަގޫވެގެން އުޅޭހެން ހީވެ އެވެ. އެހެންވެ، ސިދާތުގެ ފޭނުން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
ފޭނުންގެ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށް އެލިސިއާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ސިދާތުއާ އެކު ފެންނަ ފޮޓޯއެއް އާންމުކޮށް "#ސޮރީކިއާރާ" ލިޔެފަ އެވެ.
ސިދާތު މަލްހޯތުރާއާ ފްލާޓްކުރި މޮޑެލް މާފަށް އެދި ކުރި ޕޯސްޓް.
ދިއްލީގައި ބޭއްވި އެ ފެޝަން ޝޯ ބަލަން ސިދާތުގެ މަންމަ އާއި ބޭބެ ވެސް ދިޔަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ސިދާތު އާއި ކިއާރާ ކައިވެނިކުރީ މިދިޔަ އަހަރު ފެބްރުއަރީ ހަތެއްގަ އެވެ. އަދި ދެމީހުން މިހާރު ވެފައި ވަނީ ބޮލީވުޑްގެ އެންމެ ފޭވަރިޓް އެއް ކަޕުލް އަށެވެ.
ސިޑް އާއި ކިއާރާއަށް އަންހެން ކުއްޖަކު ލިބިއްޖެ
ސިޑް އާއި ކިއާރާ އަށް ކުއްޖަކު ލިބެނީ
ޔޮހާނީގެ "މަނިކެ މަގޭ ހިތޭ" ބޮލީވުޑް ފިލްމަކަށް
ޑްރަގުގެ ބޮޑު މައްސަލައެއްގައި ބޮލީވުޑްގެ ތަރިން
ތާރާގެ 30 ވަނަ އުފަންދުވަސް ރާއްޖޭގައި
ރަޝްމިކާއާ މެދުގައި ފަހުރުވެރިވޭ: ވިޖޭ
ރާއްޖޭގެ މޫދަށް މަހޭޝް ބާބޫގެ ހިތް ދޫވެއްޖެ
އަރްބާޒްގެ ދެވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ
ދުވަސްތަކެއް ފަހުން ކަންގަނާ ފެޝަން ޝޯއަކަށް
ރާޗިތު އާއި ހުމާ އެންގޭޖުވެއްޖެ