އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަނިއަމް ޖަައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރު ނިންމާލެއްވުމަށް ފަހު ފުރާވަޑައިގެންފި އެވެ.
ޖައިޝަންކަރު މިދިޔަ ހުކުރު ދުވަހު ރާއްޖެއަށް ފެއްޓެވި ދަތުރު ނިންމާލެއްވުމަށް ފަހު އެނބުރި އިންޑިއާއަށް ފުރައިވަޑައިގަތީ އައްޑޫ، ގަން އެއާޕޯޓުންނެވެ.
އޭނާގެ ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ވަނީ ބައްދަލުކުރައްވައިފަ އެވެ. އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ރަސްމީ ބައްދަލުވުންތައް ބޭއްވި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމްކުރަން ހިންގި މަޝްރޫއުތައް ނިންމައި، ލިއުން ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތެއް ވެސް މި ދަތުރުގައި ބޭއްވި އެވެ.
މީގެ އިތުރުން ޖައިޝަންކަރު މިއަދު ވަނީ އައްޑޫއަށް ވަޑައިގެން ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އޭގެ ތެރޭގައި، އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓުގެ ދަށުން އައްޑޫގައި ކުރިއަށް ގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމައި ސަރުކާރާ މިއަދު ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއުގެ ދަށުން ވަނީ ގައުކެޑި އާއި މަރަދޫ ގުޅައިލުމަށް އެ ދެމެދުގައި އަޅާ ހަންކެޑެ ބްރިޖު ވެސް އިފުތިތާހުކުރި އެވެ. މިއީ މާލެ ފިޔަވައި، އެހެން ރަށެއްގައި ހެދި ފުރަތަމަ ބްރިޖެވެ. ހިތަދޫ ޒޯން 2 ގައި ހިއްކި ސަރަހައްދާ އެކު އެ ރަށްވެފައި ވަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އާޓިފިޝަލް ބީޗު އޮތް ރަށަށެވެ.
ޖައިޝަންކަރު ވަނީ އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ވެސް ރޭ ބައްދަލުކުރައްވައިފަ އެވެ.
ޖައިޝަންކަރު ރާއްޖެ އިން ފުރާވަޑައިގަތުން
ރާއްޖެ ވަޑައިގަތުމަށް ފަހު ޖައިޝަންކަރު ވިދާޅުވީ، އަނެއްކާވެސް ރާއްޖެ އަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. މިއީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ، މިއީ ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ރަނގަޅަށް ބަލައިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ މި ގާތް ގުޅުން ބައްޓަން ކުރާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާ ކުރެވޭނެ،" ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ޖައިޝަންކަރު ވިދާޅުވި އެވެ.
"ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަ ކުރުމަށްޓަކައި އަދި އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުގެ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ."
ވިސްނުން ހުރީ އިތުރު ގައުމުތަކުގެ ފައިސާ ބޭނުންކުރަން
އިންޑިއާއާ އެކު އެފްޓީއޭއެއް ހެދުމުގެ މަޝްވަރާތައް
"އަވައްޓެރި ގުޅުމުގެ ތެރެއިން ރާއްޖެއަށް އިސްކަންދެން"
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން
ރާއްޖެ އާއި އިންޑިއާގެ ގުޅުން ދަމަހައްޓާނަން: ޒަމީރު
"ގައުމުތަކުން އެހީވަނީ ރިފޯމް އެޖެންޑާ ހަރުދަނާ ވީމާ"
ރާއްޖެ އާއި އިންޑިއާގެ ރުޅިވެރިކަމެއް ނެތް: ޒަމީރު
މަދަނީ މީހުންނަކީ އެއިރޮނޮޓިކްސް ކުންފުނީގެ މުވައްޒަފުން
އިންޑިއާއަށް ބަދުބަސް ބުނި މައްސަލަަ ތަކުރާރެއް ނުވާނެ
އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ފައިބައިފި