Roadha Mihaaru
ޖައިޝަންކަރު ދެއްކެވީ ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަން

ޖައިޝަންކަރު ދެއްކެވީ ރާއްޖެ-އިންޑިއާގެ ގުޅުމުގެ ވަރުގަދަކަން!

09 އޯގަސްޓް 2024

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ރަސްމީ ދަތުރު ފެއްޓެވުމުގެ ގޮތުން މިރޭ އިރާކޮޅު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ދެ ގައުމުގެ ގުޅުމުގެ ވަރުގަދަ ކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެ އަށް މިއަދު ރަސްމީ ދަތުރު ފެއްޓެވުމުގެ ގޮތުން މިރޭ އިރާކޮޅު ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ދެ ގައުމުގެ ގުޅުމުގެ ވަރުގަދަ ކަމަށް އަލިއަޅުއްވާލައްވައި ވާހަކަ ދައްކަވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ޖައިޝަންކަރު ވިދާޅުވީ، އަނެއްކާވެސް ރާއްޖެ އަށް ވަޑައިގަތުމަށް ފުރުސަތު ލިބިވަޑައިގަތުމުން އުފާކުރައްވާ ކަމަށެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އޭނާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރަށް ވާތީ، މިއީ ދެ ގައުމުން ގުޅިގެން ހާސިލް ކޮށްފައިވާ ކަންކަން ރަނގަޅަށް ބަލައިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ މި ގާތް ގުޅުން ބައްޓަން ކުރާނެ ގޮތުގެ މައްޗަށް ވެސް މަޝްވަރާ ކުރެވޭނެ،" ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާ ދެ ބޭފުޅުން އެކުގައި ދެއްވި ޕްރެސް ސްޓޭޓްމަންޓުގައި ޖައިޝަންކަރު ވިދާޅުވި އެވެ.

"ރާއްޖޭގެ އުމްރާނީ ތަރައްގީ އަށާއި ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ވަރުގަދަ ކުރުމަށްޓަކައި އަދި އިޖުތިމާއީ ތަރައްގީގައި ދިވެހި ސަރުކާރަށް އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީގެ ރަނގަޅު ނަތީޖާ، މި ދަތުރުގެ ކުރިއަށް އޮތް ތިން ދުވަހުގެ ތެރޭގައި ފެންނާނެ."

ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު މަރުހަބާ ދަންނަވަނީ: މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ރަސްމީ ދަތުރު.-- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގަތުމުން ފޮރިން މިނިސްޓަރު ޒަމީރު މަރުހަބާ ދަންނަވަނީ: މިއީ ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ރަސްމީ ދަތުރު.-- ފޮޓޯ: އިންޑިއަން ހައިކޮމިޝަން

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، ރާއްޖެއާ އެކު ގާތް ގުޅުމެއް ބާއްވައި، އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންޑިއާ އިން އަބަދުވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އޭނާ ރާއްޖެ ވަޑައިގަންނަވާ ކޮންމެ ފަހަރަކު ވެސް ކަމާބެހޭ އެކި އިދާރާތަކާ ބައްދަލު ކުރައްވައި، އެހީތެރިކަން ބޭނުންވާ މުހިންމު ދާއިރާތައް ހޯއްދަވާ ކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ.

"އިންޑިއާ އިން ރާއްޖެއާ އެކު ބާއްވާ ގާތް ގުޅުން ބިނާވެފައި ވަނީ ދެ ގައުމުގެ ލާބަ އާއި މަންފާއަށްޓަކައި. މި ވަރުގަދަ ގުޅުމަކީ ދެ ގައުމަށް ދިމާވާ ގޮންޖެހުންތަކުގައި އެކުގައި މަސައްކަތް ކުރުމަށް ލިބޭ ބާރެއް. އަދި މި ވަރުގަދަ ގުޅުމުގެ ސަބަބުން ރައްޔިތުންނަށް ބޭނުންތެރި، ނުހަނު ގިނަ ފައިދާތައް ވެސް ކުރޭ،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ އިން މިރޭ ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި އިންޑިއާ އިން މިރޭ ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ޖައިޝަންކަރު ވިދާޅުވި ގޮތުގައި، އޭނާ ތިން ދުވަހަށް ކުރައްވާ މި ދަތުރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ވެސް ބައްދަލު ކުރައްވައި މަޝްވަރާތައް ކުރައްވާނެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ

މިރޭގެ ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހު ވެސް ކޮށްފަ އެވެ. އޭގެ ތެރޭގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެފައިވާ، ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ) އެއްބަސްވުމުގެ މިދިޔަ އަހަރުތަކުގެ ތެރޭގައި ހިންގި ބައެއް މަޝްރޫއުތައް ހިމެނެ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ ފޮރިން މިނިސްޓަރު ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: ފޮރިން މިނިސްޓްރީ

އިފްުތިތާހުކުރި މަޝްރޫއުތައް

- ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށްޓަކައި ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒާއި ލ. ގަމުގެ އިހައްދޫ ސްކޫލާއި ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލުގައި ގާއިމުކުރި "އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް ޔުނިޓް".

- ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޖިސްމާނީ އަދި ނަފުސާނީ ފަރުވާދިނުމަށްޓަކައި ގާއިމްކުރި "ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރު".

- ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގާއިމްކުރި މެންޓަލް ހެލްތު ޔުނިޓް.

- ތ. ތިމަރަފުށި، ތ. ވޭމަންޑޫ އަދި ގއ. ކޮނޑޭގައި މަގުބައްތި ޖެހުން.

އެ ރަސްމިއްޔާތުގައި ވަނީ އިތުރު ދެ އެއްބަސްވުމެއްގައި ވެސް ރާއްޖެ އާއި އިންޑިއާއ އިން ސޮއިކުރި އެވެ. އޭގެ ތެރެއިން އެއް އެއްބަސްވުމަކީ އިންޑިއާގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް، ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރުމަށްޓަކައި ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީ އާއި ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު ސޮއިކުރި އެމްއޯޔޫ އެވެ. ދެ ވަނަ އެއްބަސްވުމަކީ ސިވިލް ސާވިސްގެ އިތުރު 1،000 މުވައްޒަފަކު ތަމްރީނު ކުރުމަށްޓަކައި ރާއްޖޭގެ ސިވިލް ސާވިސް ކޮމިޝަނާއި އިންޑިއާގެ ނެޝަނަލް ސެންޓަ ފޯ ގުޑް ގަވަނެންސްއާ ދެމެދު ވި އެއްބަސްވުމެކެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މިހާރު ވަނީ އެ ގުޅުން ވަރަށް ބޮޑަށް ވަރުގަދަ ކޮށްފަ އެވެ. ގުޅުން ގޯސްވީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސް މުއިއްޒުގެ ސިޔާސަތަކަށް ހައްދަވައި އެކަން އަމަލީ ގޮތުން ތަންފީޒު ކުރައްވަން ނިންމެވުމުންނެވެ. އެކަމަކު، އިންޑިއާ އިން ވެސް ފަހުން ގޮތް ދޫކޮށް، ދެ ގައުމުން އެއްބަސްވި ގޮތަށް، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން އިންޑިއާގެ އަސްކަރީ މީހުންގެ ބަދަލުގައި އެ ގައުމުގެ މަދަނީ މީހުން ގެނައީ އެވެ.