ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް އެތަކެއް ހާސް ޔަހޫދީންނާ އެކު އިޒްރޭލުގެ މިނިސްޓަރަކު ވަދެ، އަޅުކަން ކޮށް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
ގުދުސްގެ މާތްވެގެންވާ އަލް އަގްސާ މިސްކިތަށް އެތަކެއް ހާސް ޔަހޫދީންނާ އެކު އިޒްރޭލުގެ މިނިސްޓަރަކު ވަދެ، އަޅުކަން ކޮށް، މިސްކިތުގެ ހުރުމަތް ކެނޑި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.
މުސްލިމް ނޫން މީހުން އަގްސާ މިސްކިތަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދިން ނަމަވެސް މިސްކިތުގައި އަޅުކަން ކުރުމަކީ މަނާ ކަމެކެވެ.
އެކަމަކު، އެކަމާ ފާޅުގައި ދެކޮޅު ހަދަމުންދާ އިޒްރޭލުގެ ނެޝަނަލް ސެކިޔުރިޓީ މިނިސްޓަރު އިތަމާރު ބެން-ގިވީރް ވަނީ، އިތުރު މިނިސްޓަރަކާއި އިޒްރޭލުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންތަކަކާއި ދެ ހާހެއްހާ ޔަހޫދީންނާ އެކު މިސްކިތަށް ވަދެ އަޅުކަންކޮށްފަ އެވެ. އަދި މިސްކިތުގެ ތެރޭގައި ހުރެގެން، ޣައްޒާގައި ތިބި ހަމާސް ޖަމާއަތުގެ އެންމެން ބަލިކުރާނެ ކަމަށް ބުނެ ވީޑިއޯ އެއް ވެސް ވަނީ ރެކޯޑްކޮށްފަ އެވެ.
އެ އަމަލު ކުށްވެރިކޮށް، ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަގްސާ މިސްކިތަށް ވަދެގަތުމަކީ މުސްލިމު އުއްމަތުގެ އެންމެ މަތިވެރި އެއްތަނުގެ ހުރުމަތް ކަނޑައިލުން ކަމަށެވެ.
"އިޒްރޭލުން ތަކުރާރުކޮށް އަލް އަގްސާ މިސްކިތަށް ވަދެގަނެ ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ސަރަހައްދަށް ސުލްހަ އާއި ހަމަޖެހުން ގެނައުމަށް އޮތް އުއްމީދަށް ހުރަސްއެޅޭތީ ރާއްޖޭން ވަރަށް ކަންބޮޑުވޭ،" އެ ބަޔާނުގައި ބުންޏެވެ.
އެ ބަޔާނުގައި އިތުރަށް ބުނީ ދިވެހި ރައްޔިތުންނާއި ސަރުކާރު އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. އަދި ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތް ކުރަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ރާއްޖޭން ގޮވާލަމުންދާ ގޮވާލުން ވެސް އެ ބަޔާނުގައި ވަނީ ތަކުރާރުކޮށްފަ އެވެ.
އިޒްރޭލުގެ މިނިސްޓަރުންތަކެއް އިސްވެ ތިބެ، އަގްސާ މިސްކިތަށް ވަދެގަތުން، މުސްލިމު ގައުމުތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކާއި އެމެރިކާ އިން ވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި
ޣައްޒާގެ ހައްގުގަ އަރަބިން ތެދުވުމުން ރާއްޖޭން މަރުުހަބާ
އދ. ގެ އޮފީސް އިޒްރޭލުން އަތުލުން ކުށްވެރިކޮށްފި
ޣައްޒާ ބިނާކުރުމާއެކު ހައްގުތައް ވެސް އިޔާދަކޮށްދޭންޖެހޭ
ޣައްޒާއިން މީހުން ބޭލުމުގެ ވިސްނުން ކުށްވެރިކޮށްފި
އިޒްރޭލު ހުއްޓުވަން މުޅި ދުނިޔެ ތެދުވަން ގޮވާލައްވައިފި
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައި ކޯޓް
ޝާދިޔާ ބަންދުކުރި މައްސަލާގައި ބަދަލު ނަގައިދޭން އެދެފި
ގާޒާ ސްކޫލަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
ޒަމީރު ފުރަތަމަ ބައްދަލުކުރެއްވީ ފަލަސްތީނުގެ މަންދޫބާ