14 އޯގަސްޓް 2024
ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނުމުން ތައިލެންޑުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޖިނާއީ ކުށެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި ގާނޫނީ ވަކީލެއް ކެބިނެޓުގައި ހިމެނުމުން ތައިލެންޑުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން ގާނޫނުއަސާސީއާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ދުސްތޫރީ ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ، ގަވައިދާއި ސްލޫކާ ގުޅޭ ކަންކަމާ ސްރެތާ ހިލާފުވެ ވަޑައިގެންފައިވާ ކަމަށާއި އެއީ ގާނޫނުއަސާސީއަށް ގޮންޖެހުމުގެ އަމަލުތަކެއް ކަމަށެވެ.
އުމުރުން 62 އަހަރުގެ ސްރެތާގެ ވެރިކަމަށް އަދި އަހަރެއް ވެސް ނުވާއިރު އޭނާ އަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި ދުސްތޫރީ ކޯޓުން މަގާމުން ދުރުކުރި ތިން ވަނަ ބޮޑުވަޒީރެވެ.
ސްރެތާގެ ބަދަލުގައި އާ ބޮޑުވަޒީރަކު މަޖިލިހުން އިންތިހާބުކުރެވެންދެން ވަގުތީ ގޮތުން ވެރިޔަކު އައްޔަންކުރާނެ އެވެ.
"އަޅުގަނޑު އަމަލުކުރީ ތެދުވެރިކަމާ އެކުގައި ކަމުގެ ޔަގީންކަން އެބައޮތް ... އަޅުގަނޑު ހިތާމަކުރަން، އެކަމަކު އަޅުގަނޑު މި ދަންނަވަނީ ހުކުމާ ދެކޮޅު ހަދާ ވާހަކައެއް ނޫން،" ހުކުމް އިއްވިތާ ކުޑަ އިރުކޮޅެއް ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްރެތާ ވިދާޅުވި އެވެ.
ދުސްތޫރީ ކޯޓުގެ ހުކުމަކީ، އިސްތިއުނާފު ނުކުރެވޭ، އެންމެ ފަހުގެ ހުކުމެވެ.
ތައިލެންޑްގެ ސިޔާސީ ކަންކަމުގައި ސުލޫކީ މިންގަނޑަށް ބެލުމަކީ މާބޮޑަށް އޮންނަ ކަމެއް ނޫނެވެ. ރިޝްވަތާއި އެއަށްވުރެ ސީރިއަސް ކުށްތައް ސާބިތުވެފައިވާ މީހުން ވެސް ވަޒީރުންގެ ގޮތުގައި ތިބުމަށް މީގެ ކުރިން ފުރުސަތު ދީފައި އެބަހުއްޓެވެ. ބޮޑުވަޒީރު މަގާމުން ދުރުކުރި ހުކުމް ސިޔާސީ ހުކުމެއްގެ ގޮތުގައި ގިނަ ބަޔަކު ބެލި ނަމަވެސް މިގޮތަށް ހުކުމް ކުރުމަށް ބާރު އެޅި ކަމުގެ ތުހުމަތު ވަކި މީހަކަށް އަދި ނުކުރެ އެވެ.
ރިޝްވަތު ދޭން އުޅުނު ކަމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ޕިޗިތު ޗުއެންބާން ކެބިނެޓުގައި ހިމެނުމުން ބޮޑުވަޒީރު މަގާމުން ވަކިކުރުމަށް އެދި މެއި މަހު ކޯޓަށް ހުށަހެޅީ 40 ސެނެޓަރެއްގެ ފަރާތުންނެވެ.
މި މައްސަލައިގައި މިއަދު ނުވަ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ އަޣުލަބިއްޔަތުން ކުރި ހުކުމުގައި ބުނެފައިވަނީ ކެބިނެޓުގައި ޕިޗިތު ހިމެނުމަކީ ބޮޑުވަޒީރުގެ ސުލޫކީ މިންގަނޑާ ހިލާފް އަމަލެއް ކަމަށެވެ. އެކަމަކު ޖިނާއީ ކުށް ސާބިތުވި ޕިޗިތު ކެބިނެޓަށް އައްޔަންކުރިތާ 19 ދުވަސް ފަހު ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.
ތައިލެންޑުގެ ސިޔާސީ މައްސަލަތައް ބޮޑުވެފައި ވާއިރު އެ ގައުމުގެ އިގްތިސާދީ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. އެހެންވެ އާ ބޮޑުވަޒީރަކު ހޮވުމުގެ ކުރިން ސިޔާސީ އެތައް ކަމެއް އަދި ހިނގާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ސަސް އެކަޑަމީގެ ދެ ޓީމެއް ތައިލެންޑް މުބާރާތަށް
ތައިލެންޑުގެ ޖުޑީޝަރީން ބަޣާވާތްކޮށްފި: އިދިކޮޅު ލީޑަރު
ތައިލެންޑުން ވެސް އެމްޕޮކްސްގެ ނުރައްކާ ވެރިއެންޓް
ތައިލެންޑް-މޯލްޑިވްސް ބިޒްނަސް މެޗިން ފޯރަމް ކުރިއަށްް
ތަކްސިންއަށް ރަސްގެފާނު މާފު ދެއްވައިފި
ތައިލެންޑުގެ ވެރިކަން ތަކްސިންގެ ދަރިކަނބަލުންނަށް
ތައިލެންޑުގެ މަގުބޫލު ލީޑަރަށް ސިޔާސީ ކަންކަން މަނާ
ތައިލެންޑުން 60 ދުވަހުގެ ވިސާ ލިބޭ ގޮތް ހަދައިފި
ޑައިވިންއަށް ދިޔަ ތައިލެންޑުމީހަކު ގެނބިގެން މަރުވެެެއްޖެ
ހަށިވިއްކާ ސްޕާއިން ހައްޔަރުކުރި ދިވެހިމިހާ ދޫކޮށްލައިފި