15 ސެޕްޓެމްބަރ 2024
ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެކަޑަމީގެ ދެ ޓީމެއް، ތައިލެންޑްގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރަން ނިންމައިފި އެވެ.
ސުޕަ ޔުނައިޓެޑް ސްޕޯޓްސް އެކަޑަމީގެ ދެ ޓީމެއް، ތައިލެންޑްގައި ބާއްވާ އިންޓަނޭޝަނަލް މުބާރާތެއްގައި ވާދަކުރަން ނިންމައިފި އެވެ.
ތައިލެންޑްގެ އެންމެ ވަރުގަދަ އެއް ކްލަބް ޗިއަންގްމާއީން އެ ސިޓީގައި ބާއްވާ "ޗިއަންގްމާއީ އިންޓަނޭޝަނަލް ފުޓްބޯލް ފެސްޓިވަލް" އޮންނާނީ ޑިސެމްބަރު 4-12 އަށެވެ.
ޖުލައި މަހު މެލޭޝިއާގައި ބޭއްވި ލަލީލީގާ ޔޫތު މުބާރާތުގެ 16 އަހަރުންދަށުގެ ބައިގައި ވާދަކޮށް ސަސްގެ އެކެޑަމީ ޓީމުން ވަނީ ތިންވަނަ ހޯދައިފަ އެވެ.
ތައިލެންޑް މުބާރާތުގައި ސަސްގެ 12 އަހަރުންދަށުގެ ޓީމާއި 14 އަހަރުންދަށުގެ ޓީމަކުން އެ މުބާރާތުގައި ވާދަ ކުރާނެ އެވެ.
ސަސް އެކަޑަމީގެ ހެޑް ކޯޗު ފަރީދު މުހައްމަދު ބުނީ ލަލީގާގެ ޔޫތު މުބާރާތަށް ފަހު، ސަސްގެ އެކަޑަމީ އާއި ޗިއަންގްމާއީއާ ދެމެދު ރަނގަޅު ގުޅުމެއް އުފެދިފައިވާ ކަމަށެވެ.
ލަލީގާ ޔޫތު މުބާރާތުގެ ސެމީ ފައިނަލުގައި ސަސްގެ އެކަޑަމީ ޓީމު ބަލިވީ ޗިއަންގްމާއީ ޓީމު އަތުންނެވެ.
"އެ މުބާރާތަށް ފަހު ޗަންގްމާއީ އާ އަޅުގަނޑުމެންނާ ރަނގަޅު ގުޅުމެއް އުފެދިފަ. އެ މުބާރާތުގައި [ލަލީގާ ޔޫތު މުބާރާތުގައ] އަޅުގަނޑުމެންގެ ޕާފޯމަންސް ފެނުނީމަ ޗިއަންގްމާއީގެ އޮފިޝަލުން ވެސް ވަރަށް އިމްޕްރެސް ވެފައި. އަޅުގަނޑުމެންގެ ގާތުން އެދުނު ތިމަންނަމެން ބޭނުމޭ ސަސްގެ އެކަޑަމީ ތައިލެންޑްގެ މުބާރަތަށް އަންނަން،" ފަރީދު ބުންޏެވެ.
ސަސްގެ އެކަޑަމީގެ 14 އަހަރުންދަށުގެ ޓީމު ތިބި ގިނަ ކުޅުންތެރިނަކީ 2022 ގައި ބޭއްވި އެފްއޭއެމް 12 އަހަރުންދަށުގެ ޔޫތު ލީގު ޗެމްޕިއަންކަން ހޯދި ޓީމުގެ ކުޅުންތެރިންނެވެ.
އެ ކުޅުންތެރިން ހިމެނުނު ޓީމުން ވަނީ މިދިޔަ އަހަރު އިންޓަ ސްކޫލް 13 އަހަރުންދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.
ފަރީދު ބުނީ، ސަސްގައި އޮތް 14 އަހަރުންދަށުގެ އެ ޓީމާ މެދު އޭނާ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.
"އުއްމީދަކީ އިންޓަނޭޝަނަލް އެކަޑަމީ މުބާރާތެއްގެ ތަށި ރާއްޖެ ގެނައުން،" ފާރީދު ބުންޏެވެ.
14 އަހަރުންދަށުގެ އެކަޑަމީ ޗެމްޕިއަންކަން ސަސް އަށް
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ލަލީގާ ޔޫތު މުބާރާތަށް އާޖީލަކަށް އަދި ސަސް ފުރައިފި
ދިވެހި ފުޓްބޯޅަ ދިރިދިރި އެބައޮތް: އާފީ
ތިންވަނަ މަގާމާ އެކު ސަސް އަށް ލީގު ނިމިއްޖެ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ވޯމްއަޕަކާ ނުލައި ވެސް ކުޅުންތެރިން މެޗަށް ނެރެން ޖެހޭ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟