Roadha Mihaaru
އާސަންދައިން އީވް ކްލިނިކް ސަސްޕެންޑް ކޮށްފި

މައްސަލައެއް ބަލާތީ އާސަންދައިން އީވް ކްލިނިކް ސަސްޕެންޑް ކޮށްފި

20 އޯގަސްޓް 2024

އީވް ކްލިނިކަށް އާސަންދަ ދޫކުރުން އާސަންދަ ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މެދުކަނޑާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އީވް ކްލިނިކަށް އާސަންދަ ދޫކުރުން އާސަންދަ ކުންފުނިން ބަލަމުންދާ މައްސަލައަކާ ގުޅިގެން މެދުކަނޑާލައިފި އެވެ.

އީވް ކްލިނިކަށް އާސަންދަ ސަސްޕެންޑްކޮށްފައިވާކަން އާސަންދަގެ މީޑިއާ އޮފިސަރު، "މިހާރު" އަށް ކަށަވަރުކޮށްދިން ނަމަވެސް އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ވިދާޅެއް ނުވެ އެވެ.

އާސަންދަ ދޫކުރާ ލިސްޓުގައި ހިމެނޭ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލަށް ވެސް އާސަންދަ ވަނީ މީގެ ކުރިން މެދުކަނޑާލައިފަ އެެވެ. އެ ހޮސްޕިޓަލަށް އާސަންދަ ކަނޑާލީ، ހޮސްޕިޓަލުގެ އަގުތައް ބޮޑުކަމުން އެ އަގުތަކާ މެދު މަޝްވަރާކުރާށެވެ.

އާސަންދައިން ދަނީ ސަސްޕެންޑުކުރާ ތަންތަނުގެ ލިސްޓު 2022 ވަނަ އަހަރުން ފެށިގެން އާންމުކުރަމުންނެވެ. އެ ލިސްޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް 18 ތަނަކަށް ހިދުމަތް މެދުކަނޑާލުމަށް ފަހު ހިދުމަތް އަލުންދީފައިވެ އެވެ. މިއަހަރު ވެސް ހަ ތަނެއް ސަސްޕެންޑްކޮށްފައިވެ އެވެ. މިވަގުތު ސަސްޕެންޝަން ލިސްޓުގައި އޮތީ މާލޭގައި ހިންގަމުންދާ ޔޫރޯ މެޑިކަލް ކެއާ އާއި ޑރ. ޕިލް ފާމަސީ އާއި ސްޓެމް ސެންޓަރާއި އީވް ކްލިނިކެވެ.