އެތައް ހާސް ޕަސެންޓެއްގެ ފައިދާއާ އެކު، އާސަންދައިން ނާޖާއިޒު ފައިދާ ނަގައި ބޭސް ވިއްކަމުން ދިޔަ ވިޔަފާރިތަކަށް، އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުވުމުން ބޭސް ތާށިކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެތައް ހާސް ޕަސެންޓެއްގެ ފައިދާއާ އެކު، އާސަންދައިން ނާޖާއިޒު ފައިދާ ނަގައި ބޭސް ވިއްކަމުން ދިޔަ ވިޔަފާރިތަކަށް، އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުވުމުން ބޭސް ތާށިކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެސްޓީއޯ މެދުވެރިކޮށް ބަލްކް ޕްރޮކިޔުމަންޓުގެ އުސޫލުން ރާއްޖެ އަށް ބޭސް އެތެރެކޮށް، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ނަމަވެސް، އޭގެ ފަހުން، އާސަންދަ މެދުވެރިކޮށް އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ބޭސް ވެސް މިހާރު ނުލިބޭ ކަމުގެ ޝަކުވާ ވަނީ އިތުރުވެފަ އެވެ.
ދ. އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅުގެ މީދު އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް މުއިއްޒު ވަނީ ބޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ސަބަބު ސާފުކޮށްދެއްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެސްޓީއޯ މެދުވެރިކޮށް ބޭސް ގެނެސް، އެ ކުންފުނީގެ ރޭޓަށް އަގުތައް ތިރިކުރުމުގެ ކުރިން، ބޭސް ވިއްކާ ފަރާތްތަކުން ބޭސް ވިއްކަމުން ދިޔައީ 1،000-2،000 ޕަސެންޓުގެ ފައިދާ ލައިފަ އެވެ.
ދ. މީދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އެކަމަކު، އެސްޓީއޯގެ އަގުތަކަށް ބޭސް ވިއްކަންޖެހޭ ގޮތަށް ހެދުމުން، އެ ފަރާތްތަކުން މިހާރު ބޭސް ތާށިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެސްޓީއޯގެ ރޭޓަށް ތިރިކުރީމާ، ބޭސް ގެންނަ ފަރާތްތަކުން ދަތިކުރަން ފެށީ. ދަތިކުރަން ފެށީމާ ބޭސް މަދުވީ. މިއީ ދިމާވި މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ މައްސަލަ ހައްލުކުރުމަށްޓަކައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ އެހީތެރިކަމާ އެކު އެސްޓީއޯ އިން މިހާރު އަންނަނީ ރާއްޖެ އަށް ބޭނުންވާ ހުރިހާ ބޭހެއް އެތެރެކުރުމުގެ މަސައްކަތް ކުރަމުންނެވެ.
"އެހެންވީމާ، މި މެޑިކަލް މާފިއާ އަށް، ބޭސްތައް ކޮންޓްރޯލް ކުރުމުގެ ޗާންސެއް އަޅުގަނޑުމެން ނުދޭނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އެމްއެފްޑީއޭއިން ހުއްދަ ދީފައިވާ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެ އަށް އެތެރެކޮށް، އެސްޓީއޯގެ ބޭސް ފިހާރަތަކުން ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށެވެ.
ދ. މީދޫގެ ރައްޔިތުންނާ ރައީސް މުއިއްޒު މިރޭ ބައްދަލުކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
އޭގެ އެއް މަސް ދުވަސް ފަހުން ރާއްޖޭގައި ބޭނުންކުރަން ހުއްދަ ދީފައިވާ ހުރިހާ ބޭހެއް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބޭނެ ކަމަށް ރައީސް މިރޭ އިއުލާނުކުރެއްވި އެވެ.
"އެހެންވީމާ ޕްރައިވެޓް ސެކްޓަރުން ރައްޔިތުންނަށް އުނދަގޫ ކުރަން މި ކުރި މަސައްކަތް އަޅުގަނޑުމެން އެއްކޮށް ހައްލުކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ބޭހާ ގުޅޭގޮތުން މި އެޅި ފިޔަވަޅުތަކުން ދައުލަތުގެ ބަޖެޓުން 500 މިލިއަން ރުފިޔާ ސަލާމަތް ކުރެވިއްޖެ އެވެ.
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅަނީ!
ސަރުކާރުން ބޭހުގެ އަގު ކޮންޓްރޯލް ކޮށްފި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
އާސަންދައިން ބޭސް ނުލިބޭ ނަމަ ރިޕޯޓުކުރަން އެދިއްޖެ
ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި
ބޮޑު ފައިދާގައި ބޭސް ވިއްކުން ހުއްޓުވަން އަންގަވައިފި