ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މާދަމާ އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
28 ފެބުރުއަރީ 2017
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން، މާދަމާ އިން ފެށިގެން ގަން އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވޯކް ވިސާ އޮންނަ ބިދޭސީން ރާއްޖެ އެތެރެވުމާއި ބޭރަށް ފުރައިގެން ދިޔުމުގެ އިންތިޒާމް މާދަމާ އިން ފެށިގެން ގަން އެއާޕޯންޓުގައި ވާނީ ހަމަޖެހިފ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އިމިގްރޭޝަންގެ މީޑިއާ އޮފިސަރު ހަސަން ހަލީލް މިއަދު ވިދާޅުވީ އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީ، އެންމެ ދެކުނުގެ ތިން އަތޮޅުގައި މަސައްކަތް ކުރާ ބިދޭސީން މާލެ ނައިސް ރާޢްޖެ އެތެރެވުމާއި ރާއްޖޭން ފުރައިގެން ދިއުމުގެ މަގު ތަނަވަސް ކޮށްދިނުން ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އިތުރުން އެހެން އެއާޕޯޓަކުން ބިދޭސީންނަށް ރާއްޖެ އައިސް ގޮސް އުޅުމުގެ އިންތިޒާމް ހަމަޖެހުނު ކަމުގައި ވިޔަސް، ގަން އެއާޕޯޓުން ރާއްޖެ އަށް އެތެރެވެވޭނީ މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ވޯކް ވިސާ އޮންނަ މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގަމުން ފުރޭނީ ވެސް މުއްދަތު ހަމަނުވާ ވިސާ އާއި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި މި ގޮތަށް ހަމަޖެހުނު ކަމުގައި ވިޔަސް، އަލަށް ރާއްޖެ އެތެރެވާ ބިދޭސީ މަސައްކަތު މީހުންނަށް ރާއްޖެ އަށް އެތެރެ ވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ހަސަން ހަލީލް ވިދާޅުވި އެވެ.
މިހާތަނަށް ހަމަޖެހިފައި އޮތް ގޮތުން ބިދޭސީ މަސައްކަތު މީހުންނަށް ރާއްޖެ އެތެރެވެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އަދި ފުރައިގެން ދެވޭނީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ވަގު ޕާސްޕޯޓް ދެނެގަންނަ ލެބެއް ގަން އެއާޕޯޓަށް
ބިދޭސީ މަސައްކަތްތެރިންނަށް ގަން އެއާޕޯޓުން އެތެރެވެވޭނެ
ގަވައިދާހިލާފަށް އުޅޭ ބިދޭސީން ހޯދަން ފަށަނީ
އިނގިރޭސިން ދިޔަ ފަހުން އައްޑޫ ދިޔައީ ފަހަތަށް:ރައީސް
ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަންގެ އެއާބަސް ގަމަށް
ދޫގަސް ބިން އައްޑޫ އެއާޕޯޓަށް، ދަރަނި ސަރުކާރަށް
ފްލައިން ސްކޫލްގެ ދަރިވަރުން "މަގުމަތިވެފައި"
ގަން އެއާޕޯޓް ވާނީ ރީޖަނަލް ހަބަކަށް: އިންޑިއާ
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ
އާންމުންގެ ސުވާލު: އައްޑުއަށް ކޮވިޑް ދިޔައީ ކިހިނެއް؟