ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމުގެ އޮޕަރޭޝަން އަންނަ ހަފުތާގެ ތެރޭގައި ފައްޓަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.
31 ޖެނުއަރީ 2019
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، ފިޔަވަޅު އެޅުމުގެ އޮޕަރޭޝަން އަންނަ ހަފުތާގެ ތެރޭގައި ފައްޓަވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހަސަން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.
ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި ތައާރަފު ކުރަން ގަން އިންޓަނެޝަނަލް އެއާޕޯޓްގައި އޮތް ރަސްމިއްޔާތުގައި ކޮންޓްރޯލަރު ވިދާޅުވީ ރާއްޖެ އަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށާއި މިއީ ހައްލު ކުރަން ވެސް އެންމެ އުނދަގޫ އެއް މައްސަލަ ކަމަށެވެ.
ވަކިން ހާއްސަކޮށް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮއްސުންލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
ހަނަފީ ވިދާޅުވި ގޮތުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކަމާ ގުޅުން ހުރި ހުރިހާ މުއައްސަސާތަކުގެ އެހީތެރިކަމާ އެކުގަ އެވެ. އެގޮތުން ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އެއްބާރުލުމާއި އެހީތެރިކަން ވެސް މި މަސައްކަތަށް ބޭނުން ވާނެ ކަމަށް ވިދާޅުވި އެވެ.
"ބިދޭސީންގެ މައްސަލަ މިހާރު ވެސް އަޅުގަނޑުމެން މި އަންނަނީ އިވެލުއޭޓް ކުރަމުން. އިރާދަކުރެއްވިއްޔާ އަންނަ ހަފުތާ ތެރޭގައި މީގެ [ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ] ތަންފީޒީ އަމަލީ މަސައްކަތްތައް ރައްޔިތުންނަށް ފެނިގެންދާނެ ވާހަކަ މި ދަނޑިވަޅުގައި ފާހަގަކޮށްލަން،" ހަނަފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމުގެ ތަރައްގީ އަށް މަސައްކަތް ކުރާ އިރު، އެކަމަށް ހުރިހާ މުއައްސަސާތަކެއްގެ ހިއްސާ ލިބުން މުހިއްމު ވާނެ އެވެ.
"އެހެންވީމާ އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކަށް ވެސް ވަރަށް ގިނަ ސްޓޭކް ހޯލްޑަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދި އެއްބާރުލުން ބޭނުންވޭ،" ހަނަފީ ވިދާޅުވި އެވެ. "ދިމާވެފައިވާ މިވާ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ހުރިހާ ކައުންސިލްތަކާއި އެހެނިހެން ސްޓޭކް ހޯލްޑަރުންނާ އެކު މަސައްކަތްކޮށްގެން ނޫނީ މިކަން ހާސިލު ކުރުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ."
އިމިގްރޭޝަންގެ އިސް ދެ އޮފިސަރަކު ވަޒީފާއިން ވަކިކޮށްފި
ބިދޭސީން އެތެރެކުރި މީހުންގެ މައްސަލަ ހަނދާން އެބަހުރި
ޑީޕޯޓްކުރި ހަނީފުގެ މުއްސަނދި ދިރިއުޅުން!
"ދެ މީހުން ހިފެހެއްޓީ މުވައްޒަފުންގެ ހުނަރުވެރިކަމުން"
ގަވައިދާ ހިލާފުވި ދެ ބިދޭސީން ހައްޔަރެއް ނުކުރޭ
ބިދޭސީ މަސައްކަތްތެރިންނަށް ގަން އެއާޕޯޓުން އެތެރެވެވޭނެ
ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ގޮތް ހަދަނީ
ބިޒްނަސް ވިސާގެ ހިދުމަތް އައްޑޫގައި ތައާރަފުކޮށްފި
އިމިގްރޭޝަންގައި ޖަރީމާގެ ބޮޑެތި "ގޮށްތަކެއް"!
ކޮލަމް7: ކޮންޓްރޯލަރުގެ ފުރަތަމަ އިންޓަވިއު ޔަގީން!