Roadha Mihaaru
އިމިގްރޭޝަންގެ ޓީމު ފެނުމާއެކު ދުއްވައިގަތީ ފިލަން!

އިމިގްރޭޝަންގެ އޮފިސަރުން ފެނުމާ އެކު ބައެއް މީހުން ދުއްވައިގަތީ ފިލަން!

28 އޯގަސްޓް 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުންނާ އެކު، މާލެތެރެއަށް ބޮޑު ޓީމެއް މިއަދު ހަވީރު ނުކުތުމުން ބައެއް ބިދޭސީން ދުއްވައިގަތީ ފިލާށާށެވެ. އިމިގްރޝަންގެ ޔުނިފޯމުގައި ތިބި އޮފިސަރުން ދުރުން ފެނުމާ އެކު، ބައެއް މީހުން ތަންތަނުން ނުކުމެ ހަނިގޯޅިތަކަށާއި ބައެއް ފިހާރަތަކަށް ވަދެ ސަލާމަތްކަން ހޯދަން އުޅުނު މަންޒަރު ފެނުނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަންގެ 200 އަށް ވުރެ ގިނަ އޮފިސަރުންނާ އެކު، މާލެތެރެއަށް ބޮޑު ޓީމެއް މިއަދު ހަވީރު ނުކުތުމުން ބައެއް ބިދޭސީން ދުއްވައިގަތީ ފިލާށާށެވެ. އިމިގްރޝަންގެ ޔުނިފޯމުގައި ތިބި އޮފިސަރުން ދުރުން ފެނުމާ އެކު، ބައެއް މީހުން ތަންތަނުން ނުކުމެ ހަނިގޯޅިތަކަށާއި ބައެއް ފިހާރަތަކަށް ވަދެ ސަލާމަތްކަން ހޯދަން އުޅުނު މަންޒަރު ފެނުނެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާނު ވެސް ބައިވެރިވެވަޑައިގަތް އެ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ 211 އޮފިސަރުން ބައިވެރިވި އެވެ. އަދި 52 ގްރޫޕަކަށް ބަހާލައިގެން މާލޭ ސަރަހައްދުގެ 26 ޒޯނެއް ބެލި އެވެ.

އެ އޮޕަރޭޝަނުގައި ޝަމްއާނާއި އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރު އަހުމަދު އަޝްފާން ވަނީ މާލޭގެ މާރުކޭޓު ސަރަހައްދާއި ވިޔަފާރި ހިދުމަތް ދެމުންދާ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީން އުޅެމުން ދަނީ ގާނޫނީ އިމުގެ ތެރެއިން ނަގަން ޖެހޭ ހުއްދަތައް ނަގާފައި ތޯ އަމިއްލަ އަށް ބައްލަވައި އެ މީހުންނާ ސުވާލު ކުރައްވައިފަ އެވެ.

މިއަދުގެ ހަވީރު 4-6 އަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އިމިގްރޭޝަންގެ އޮފިސަރުން މާލޭގެ ބައެއް ފިހާރަތަކަށް ކުރިން އެންގުމަކާ ނުލައި ކުއްލި ގޮތަކަށް ވަދެ އެ ތަނުގައި އެ ވަގުތު ތިބި ބިދޭސީންގެ ޑޮކިއުމަންޓްތައް ބަލައި ގަވާއިދާ ހިލާފު ނަމަ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އިމިގްރޭޝަންގެ އޮފިސަރުން ފެނުމާ އެކު، ބާޒާރު ރެޑް އެޕަލް ފިހާރައިގެ ގޭޓު ލައްޕައި، ފިހާރަ ހުރީ އެ ވަގުތަށް ބަންދުކޮށްފައި ކަމަށް ދެއްކުމަށް މަސައްކަތް ކުރި އެވެ. އެކަމަކު އިމިގްރޭޝަނުގެ މީހުން ގޭޓު މައްޗަށް ނަގައި އެ ތަނުގެ ތެރެއަށް ވަދެ، ބިދޭސީން ތިބިތޯ ބެލި އެވެ.

ކުޑަ ސިޑިއަކުން ސީލިންގަށް އެރޭ ގޮތަށް ހަދާފައިވާ އެ ތަނުގެ ތެރެއިން ބަންގްލަދޭޝްގެ މީހަކު ނެރެ، އޭނާ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

އިމިގްރޭޝަނުގެ އޮފިސަރުން ފެނުމުން ފިހާރައެއްގެ ގޭޓު ލެއްޕުމުން އެ ތަން ހުޅުވަން އެ އޮފިސަރުން މަސައްކަތް ކުރަނީ: އެ ގޭޓް ހުޅުވައި އެތަނުގެ ތެރޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރި މީހާ ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައި.--- ފޮޓޯ؛ ފަޔާޒު މޫސާ/ މިހާރު

އެނގިފައިވާ ގޮތުގައި އެއީ "ބްލެކްލިސްޓް" ގައި ހިމަނާފައިވާ މީހެކެވެ. އޭނާ ބްލެކްލިސްޓަށް އެރީ އޭނާ ރާއްޖެ ގެނައި ދިވެހި މީހާ އަށް ފިލައިގެން އުޅޭތީ އެވެ.

އެ އިންސްޕެކްޝަންގެ ކަންކަން ބެލުމަށް ހަރަކާތްތެރިވި "މިހާރު" ގެ ނޫސްވެރިންނަށް ފެނުނު ގޮތުގައި އެތަނުގެ ތެރޭގައި އެ ބިދޭސީ މީހާ ފޮރުވުމަށް އެ ފިހާރައިގެ ތެރޭގައި ތިބި ދިވެހިން ވެސް މަސައްކަތްކުރި އެވެ. ގޭޓު ބަންދުކޮށްފައި ހުރި އިރު އެތަނުގެ ތެރޭގައި ވެސް ދެ ދިވެހިން ތިއްބެވެ.

އިމިގްރޭޝަންގެ ޓީމު ފެނުމުން، ލޯކަލް މާރުކޭޓުގެ ތެރޭގައި ތިބި ބިދޭސީން ވެސް އެތަނުން ފިލާފައިވާ ކަމަށް މާރުކޭޓު ގޮޅިތަކުގައި ތިބި ދިވެހިން ބުންޏެވެ.

މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ މައުލޫމާތު އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މިއަދު ޗެކް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ މައުލޫމާތު އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން މިއަދު ޗެކް ކުރައްވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިންސްޕެކްޝަނަށް ފަހު ސޯޝަލް ސެންޓަރުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ކޮންޓްރޯލަރު ޝަމްއާން ވިދާޅުވީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ފިލުމަށް އެހީތެރިވުމާއި އެ މީހުންގެ ބެލުމުގެ ދަށުގައި ބިދޭސީން ބޭތިއްބުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި އިމިގްރޭޝަން ގާނޫނުގެ ދަށުން އެ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އިމިގްރޭޝަން ގާނޫނުގެ ދަށުން މި ފަދަ ފަރާތްތައް ޖޫރިމަނާ ކުރުން ފަދަ އަދަބުތައް ދެވެން އޮވޭ. އަޅުގަނޑުމެންގެ އިންސްޕެކްޝަންތަކުގައި މިފަދަ ކަންކަން ފާހަގަވާ މިންވަރަކަށް އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން،" އޭނާ ވިދާޅުވި އެވެ.

މާލޭގެ ކެފޭއެއްގައި މަސައްކަތް ކުރަމުންދާ ބައެއްގެ މައުލޫމާތު އިމިގްރޭޝަންގެ އޮފިސަރުން މިއަދު އެއްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މާލޭގެ ކެފޭއެއްގައި މަސައްކަތް ކުރަމުންދާ ބައެއްގެ މައުލޫމާތު އިމިގްރޭޝަންގެ އޮފިސަރުން މިއަދު އެއްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މި ފަށާފައިވާ ބޮޑު އޮޕަރޭޝަނާ އެކު ބައެއް ބިދޭސީން ރަށްރަށަށް ފިލަން ދާކަމުގެ ކަންބޮޑުވުން ކުޅުދުއްފުށީ ކައުންސިލުން ފާޅުކޮށްފައިވާތީ ޝަމްއާން ވިދާޅުވީ މާލޭގައި މި ހިންގާ އޮޕަރޭޝަންތައް ވަރަށް އަވަހަށް އަތޮޅު ތެރެއަށް ފުޅާކުރާނެ ކަމަށެވެ. އޭރުން ރަށްރަށަށް ފިލައިގެންދާ މައްސަލައަށް ހައްލެއް އަންނާނެ ކަމަށް ޝައްމާން ވިދާޅުވި އެވެ.

މިއަދުގެ އޮޕަރޭޝަންގައި ބިދޭސީންގެ ގިނަ ބަޔަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެ އޮޕަރޭޝަނުގައި ބައިވެރިވި ހުރިހާ ގްރޫޕެއްގެ މައުލޫމާތު އެއްކޮށް، އެ މީހުންގެ ތަފްސީލު ފަހުން ދެއްވާނެ ކަމަށް ވެސް އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.

އިމިގްރޭޝަންގެ އޮފިސަރުން މިއަދު ހަވީރު މާލޭގެ ފިހާރައަކަށް ވަދެ އެ ވަގުތު އެ ތަނުގައި މަސައްކަތްކުރަން ތިބި ބިދޭސީންގެ މައުލޫމާތު ޗެކް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އިމިގްރޭޝަންގެ އޮފިސަރުން މިއަދު ހަވީރު މާލޭގެ ފިހާރައަކަށް ވަދެ އެ ވަގުތު އެ ތަނުގައި މަސައްކަތްކުރަން ތިބި ބިދޭސީންގެ މައުލޫމާތު ޗެކް ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

މި ސަރުކާރު ވެރިކަމަށް އައި ފަހުން މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެންމެ އިސްކަން ދިން އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ އާދިއްތަ ދުވަހާ ހަމައަށް 3،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށް އަދި 200 އަށް ވުރެ ގިނަ ތަންތަން ވަނީ ރެއިޑްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމާއި އެ މީހުންގެ މައްސަލަތައް ހަމަޔަކަށް އެޅުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމް މިނިސްޓަރު އަލީ އިހުސާނާ ހަވާލު ކުރެއްވި އެންމެ މުހިންމު އެއް މަސްއޫލިއްޔަތު ވެސް މެ އެވެ.