Roadha Mihaaru
ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ

ބާރަށް ދުއްވި ކާރެއްގައި ޖެހި މީހަކު މަރުވެއްޖެ

06 ސެޕްޓެމްބަރ 2024

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލަކުން ދިޔަ މީހަކު ޖެހި މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލަކުން ދިޔަ މީހަކު ޖެހި މީހަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.

ސެންޓްރަލް ޕާކް ކައިރީގައި ހުންނަ އުރީދޫ އޮފީސް އިމާރާތާ ދިމާލުން އެ އެކްސިޑެންޓު ހިނގީ ރޭ ދަންވަރު ތިނެއް ޖަހަން އުޅެނިކޮށެވެ.

ބާރު ސްޕީޑުގައި ދިޔަ ކާރުގައި ސައިކަލުން ޖެހުމުގެ ސަބަބުން ބޮލަށް ލިބުނު އަނިޔާތަކުގައި މަރުވީ ސައިކަލް ދުއްވަން އިން މީހާ އެވެ. އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއް ފަހުން ކަމަށް ވަނީ އެނގިފަ އެވެ.

މި އެކްސިޑެންޓާ ބެހޭ ގޮތުން ފުލުހުން އަދި ތަފްސީލެއް ނުދެ އެވެ.

ހަފްތާ ބަންދުތަކުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް ބާރަށް ދުއްވައި އާންމުންނަށް ނުރައްކާވާ ގޮތަށް ދުއްވާ ކަމުގެ ޝަކުވާ އަބަދުވެސް ބޮޑެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ. އަދި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.