މަގުތަކުގައި ނުރައްކާތެރި ދުއްވާ އުޅަނދުތަކުގެ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިފި އެވެ.
06 ސެޕްޓެމްބަރ 2024
މަގުތަކުގައި ނުރައްކާތެރި ދުއްވާ އުޅަނދުތަކުގެ މައްސަލަ ހައްލުކުރަން ފިޔަވަޅު އަޅުއްވާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވައިފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރީ ރޭ ދަންވަރު ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސްޕޯޓްސް ކާރެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ވަނީ މަރުވެފަ އެވެ. އެ ކާރު ދުއްވަން އިން ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ، 26 އަތުގައި ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެ ހާދިސާއާ ގުޅިގެން ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް މިއަދު ވަނީ އަންގަވައިފަ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ރައީސް ދެއްވި އިރުޝާދާ އެއްގޮތަށް، މަގުތަކަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި ނުރައްކާތެރި ގޮތްގޮތަށް އުޅަނދު ދުއްވުމުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އިދާރާތަކާ ގުޅިގެން މިނިސްޓްރީން އަޅާނެ ކަމަށެވެ.
ރޭގެ ވަގުތެއްގައި ހުޅުމާލޭގަ ހިނގާދިޔަ އެސިޑެންޓްގައި މި ދުނިޔެ ދޫކުރި ޒުވާނާ ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާ، ޢާއިލާއަށް ކެތްތެރިކަން ދެއްވަވާށި! އާމީން.
— Mohamed Ameen (@ameen3d) September 6, 2024
ރައީސް @MMuizzu ދެއްވި އިރުޝާދާ އެއްގޮތަށް، މަގުތަކަކީ ރައްކާތެރި އަމާން…
އަދި ޓްރެފިކް ގަވާއިދުތަކާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާކޮށް މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް އަމީން ދެއްވި އެވެ.
އެ ހާދިސާގައި އަނިޔާވީ ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ހަސަން ސަމާހަށެވެ. ލ. އިސްދޫ، ބީޗްހައުސް ސަމާހު ނިޔާވީ އެކްސިޑެންޓުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގެ ބޮޑުކަމުންނެވެ. އެނގިފައިވާ ގޮތުގައި ސަމާހު ނިޔާވީ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއް ފަހުންނެވެ.
ހަފްތާ ބަންދުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތައް އާންމުންނަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވާކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. މީގެ ކުރިން ވެސް ވަނީ ރޭގެ އެކްސިޑެންޓު ހިނގި ހިސާބުގައި، ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި ސައިކަލްގައި އިން މީހަކު މަރުވެފަ އެވެ.
އަދި ހުޅުމާލެ 2 ގައި މިދިޔަ މަހު ވެސް ސްޕޯޓްސް ކާރެއް ބާރު ސްޕީޑުގައި ގޮސް ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.
އައްޑޫގައި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
އަނިޔާވި މީހާގެ ބޯމަތިން ސައިކަލެއް ދިޔަ ވީޑިއޯއެއް
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ސައިލެންސަރަށް ބަދަލު ގެންނަ ވެހިކަލްތައް ހިފަހައްޓަނީ
ރޭސިން އަށް ދީފައި އޮތް ހުއްދަ ބާތިލުކޮށްފި
ވިސާމް އަތުގައި ލައިސަންސެއް ނެތް: ޕޮލިސް
ސްޕޯޓްސް ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ހުޅުމާލޭ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ
މަކުނުދޫގައި މަރުވި މީހުންގެ ހަށިތައް އިންޑިއާއަށް