09 ސެޕްޓެމްބަރ 2024
އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި މުޅި ދުނިޔެ ހައިރާންކޮށްލި ފޯވާޑް އިޓަލީގެ ސަލްވަތޯރޭ ސްކިލާޗީގެ ސިއްހީ ހާލަތު ވަރަށް ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
އިޓަލީގައި 1990 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި މުޅި ދުނިޔެ ހައިރާންކޮށްލި ފޯވާޑް އިޓަލީގެ ސަލްވަތޯރޭ ސްކިލާޗީގެ ސިއްހީ ހާލަތު ވަރަށް ގޯސްވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 59 އަހަރުގެ ސްކިލާޗީގެ ހާލު ގޯސްވީ ކޮލޯން ކެންސަރުގެ ސަބަބުން ކަމަށެވެ. އޭނާ ވަނީ އެ ބައްޔާ ދެކޮޅަށް ހަނގުރާމަކޮށް ކާމިޔާބު ވެސް ހޯދައިފަ އެވެ. ނަމަވެސް ބަލީގެ އަސަރު އަލުން މިހާރު ވަނީ އޭނާގެ ހަށިގަނޑުން ފެނިފަ އެވެ. އިޓަލީގެ ޕަލާމޯގެ ހޮސްޕިޓަލެއްގައި މިވަގުތު އެޑްމިޓްކޮށްފައި އޮތް ސްކިލާޗީގެ ހާލަތު ވަރަށް ނާޒުކު ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.
އިޓަލީގެ ފަގީރު ހިސާބަކަށް އުފަން ސްކިލާޗީ އިޓަލީ ލީގުގައި ފުރަތަމަ ފަހަރަށް މެޗެއް ކުޅުނުތާ އަހަރެއް ވެސް ނުވަނީސް، 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ސްކޮޑުން އޭނާ އަށް ފުރުސަތު ދިނުމުން ގިނަ ބަޔަކު ހައިރާންވި އެވެ. އޭރު އެ ޓީމުގައި ހުނަރުވެރި ފޯވާޑުން ތިބުމުން ބެލެވުނީ އޭނާ އަށް ކުޅެން ފުރުސަތު ވެސް ނުލިބޭނެ ކަމަށެވެ.
އެކަމަކު ފުރަތަމަ މެޗުގައި އޮސްޓްރިއާއާ ދެކޮޅަށް އިޓަލީ ކުޅުނުއިރު ފޯވާޑުންނަށް އަނިޔާގެ މައްސަލަތައް ދިމާވުމުން 75 ވަނަ މިނެޓުގައި އެރުވި އެވެ. އޭނާ އެރިތާ ދެ މިނެޓު ނުވަނީސް ލަނޑު ޖަހައި އިޓަލީ މޮޅުކޮށްދިނެވެ. އޭގެ ފަހުން ފުރަތަމަ އެގާރައިން ފުރުސަތު ލިބެން ފެށި އެވެ. އޭނާ ވަނީ ގްރޫޕް ސްޓޭޖުގައި ޗެކްސްލޮވާކިއާ ކޮޅަށާއި، ނޮކްއައުޓް ބުރުގައި އުރުގުއޭ، އަޔަލެންޑް، އަދި އާޖެންޓީނާ ކޮޅަށް ވެސް ގޯލް ޖަހައިފަ އެވެ. އަދި ތިން ވަނަ ހޮވި މެޗުގައި އިންގްލެންޑް އަތުން 2-1 އިން އިޓަލީ މޮޅުކޮށްދިނީ ވެސް ސްކިލާޗީ އެވެ.
ނަތީޖާއަކަށްވީ ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި، ރަންބޫޓު އޭނާ އަށް ލިބުމުންނެވެ. ޔުވެންޓަސް އާއި އިންޓަ މިލާނަށް ކުޅުނު ސްކިލާޗީ، އަށް އޭގެ ފަހުން އިޓަލީ ގައުމީ ޓީމުން ފުރުސަތު ލިބުނީ 1991 ގަ އެވެ. އޭނާ ވެފައިވަނީ އެންމެ މަދު މެޗެއް ކުޅެގެން އެންމެ ބޮޑު ތަފާތެއް ދެއްކި އިޓަލީ ކުޅުންތެރިޔާ އަށެވެ.
އިޓަލީ ގައުމީ ޓީމަށް އަނެއްކާ ވެސް މަލްޑިނީ އެއް
އިޓާލިއާ 90ގެ ތަރި ސްކިލާޗީ މަރުވެއްޖެ
އިޓަލީ އެއް ވަނައިގައި، ފްރާންސަށް ފުރަތަމަ މޮޅު
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން
މުޅިން އާ ޓީމެއް ބިނާކުރާނަން: އިޓަލީ ކޯޗު
ޔޫރޯގެ ނާކާމިޔާބަށް ފަހު އިޓަލީގެ ކަލަފިއޯރީ ރާއްޖޭގައި
ސްވިޒަލެންޑުން އިޓަލީ ކަޓުވާލައި ރަށަށް ފޮނުވާލައިފި
ސުވިސްގެ ކަންބޮޑުވުމެއް ނެތް، އިޓަލީ ޖެހިލުން ވެދާނެ
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް