މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
11 ސެޕްޓެމްބަރ 2024
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭއިން އެ ކޯސް ގަބޫލު ކުރާކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ނަމަވެސް ޖެނުއަރީ، 2018 އިން ފެށިގެން އެ ކޯސް ގަބޫލުކުރުން ހުއްޓާލަން އެމްކިއުއޭއިން ނިންމި އެވެ. އެކަމަކު އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެކަން އެމްކިއުއޭއިން އެންގި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެމްކިއުއޭއިން އެކަމަށް ދެކޮޅު ހެދި އެވެ.
އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އަމުރު ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭއިން ޒިންމާވާން ޖެހޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމާފައިވެ އެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ކުރިން ހިނގާފައިވާ ކަންކަމަށް ފަހުން އަންނަ ގާނޫނުތަކާއި އުސޫލުތައް އާންމު އުސޫލުން ނުހިންގޭނެ ކަމަށެވެ. އެހެންވެ، އެ މީހުން ކިޔެވުން ފުރިހަމަކުރި ފަހުން އަމަލުކުރަން ފެށި އުސޫލަކަށް ބިނާކޮށް އެ މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލު ނުކުރަން އެމްކިއުއޫއަށް ނުނިންމޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެކަމަށް ދައުލަތުން ކޯޓުގައި ވެސް އެއްބަސްވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންވެ، ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ތިން މީހުންގެ ޕީއެޗްޑީ ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކުރާ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނާއި ފަނޑިޔާރު ހުސައިން މަޒީދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒައިފާ އެވެ.
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
ގުރުއާން ކޯސްތަކަށް މިނިމަން ސްޓޭންޑަޑެއް ކަނޑައަޅައިފި
ގަވާއިދާ ހިލާފަށް ކޯސް ހިންގާތީ "ބްލެކްލިސްޓް" އަށް
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟