މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް އެމްކިއުއޭ އިން ބުނެފި އެވެ.
12 ސެޕްޓެމްބަރ 2024
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމާފައިވާ ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް އެމްކިއުއޭ އިން ބުނެފި އެވެ.
ފިލިޕިންސްގެ އެލްޑާސްގޭޓް ކޮލެޖުގެ ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާގެ އެއިމްސް ކޮލެޖުގައި ހިންގާ ޕީއެޗްޑީ ކޯހެއްގެ ކިޔެވުން ބަޔަކު ފެށީ އެމްކިއުއޭ އިން އެ ކޯސް ގަބޫލުކުރާކަން 2016 ގައި އެންގުމުންނެެވެ. އެކަމަކު ޖެނުއަރީ 2018 ގައި އެ ކޯސް ގަބޫލުކުރުން އެމްކިއުއޭ އިން ހުއްޓާލިޔަސް، އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުކުރާނެ ކަން އެންގި އެވެ. ނަމަވެސް 2021 ވަނަ އަހަރު ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެކަމަށް އެމްކިއުއޭ އިން ދެކޮޅު ހެދި އެވެ.
އެ މައްސަލަ ތިން މީހެއްގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރެވެން ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ލިބުނު ގެއްލުމަށް އެމްކިއުއޭ އިން ޒިންމާވާން ޖެހޭ ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ އެ މީހުންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމްގައި އެންގީ އެ ތިން މީހުންގެ ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން އެމްކިއުއޭގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
އެމްކިއުއޭއިން މިއަދު ކުރި އިއުލާނެއްގައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްކިއުއޭއިން އެގޮތަށް ބުނިއިރު، ދައުލަތުން ވެސް ހައި ކޯޓުގައި ވަނީ އެ ތިން މީހުންގެ ސެޓްފިކެޓް ބަލައިގަންނަން ޖެހޭ ކަމަށް ބުނެފަ އެވެ.
ޕީއެޗްޑީ ސެޓްފިކެޓް ގަބޫލުކުރަން ހައިކޯޓުން ހުކުމްކޮށްފި
ރީރަޖިސްޓްރީނުކުރާ 101 ތަނެއްގެ ސަނަދު ގަބޫލުނުކުރާނެ
ޕީއެޗްޑީ ގަބޫލުކުރަން އެންގި މައްސަލަ ސުޕްރީމް ކޯޓަށް
ޕީއެޗްޑީ ގަބޫލުކުރަން ނޭންގި،ހަރަދަށް ޒިންމާވާންޖެހޭނެ
ކޮލެޖްތައް އަލުން ރަޖިސްޓްރީކުރުވާ މައްސަލަ ނުބެލި
އެމްއީއެސް އިމާރާތް ހޯދަން ކުރި ދައުވާ ކާމިޔާބެއްނުވި
ގުރުއާން ކޯސްތަކަށް މިނިމަން ސްޓޭންޑަޑެއް ކަނޑައަޅައިފި
ގަވާއިދާ ހިލާފަށް ކޯސް ހިންގާތީ "ބްލެކްލިސްޓް" އަށް
މަންދު ކޮލެޖަށް އިތުރު ފައިސާ ދޭކަށްނުޖެހޭ: ހައި ކޯޓު
މަތީ ތައުލީމާ މެދު ސުވާލު: ހައްލުކުރެވިދާނެ ބާ؟