Roadha Mihaaru
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!

އަކްޝޭގެ "ބޫތު ބަންގްލާ"އަށް "ބޫލް ބުލައްޔާ"ގެ އޮރިޖިނަލް ކާސްޓް!

12 ސެޕްޓެމްބަރ 2024

އަކްޝޭ ކުމާރް މި ހަފުތާގައި އިއުލާންކުރި އޭނާގެ އާ ހޮރޯ ކޮމެޑީ ފިލްމް "ބޫތު ބަންގްލާ"އަށް "ބޫލް ބުލައްޔާ"ގެ އޮރިޖިނަލް ކާސްޓު ހަމަޖައްސައިފި އެވެ.

އަކްޝޭ ކުމާރް މި ހަފުތާގައި އިއުލާންކުރި އޭނާގެ އާ ހޮރޯ ކޮމެޑީ ފިލްމް "ބޫތު ބަންގްލާ"އަށް "ބޫލް ބުލައްޔާ"ގެ އޮރިޖިނަލް ކާސްޓު ހަމަޖައްސައިފި އެވެ.

"ބޫތު ބަންގްލާ" އިއުލާންކުރީ އަކްޝޭގެ އުފަންދުވަހާ ދިމާކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އަކްޝޭ ވަނީ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މީގެ 14 އަހަރު ކުރިން އެކްޝޭ ލީޑު ރޯލު ކުޅުނު "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އަދިވެސް މީހުންގެ މެދުގައި ވަރަށް މަގުބޫލު ފިލްމެކެވެ. އޭގެ ފަހުން، އެ ފިލްމުގެ ދެވަނަ ބައެއް ވެސް ގެނެސްދިނެވެ. އަދި ތިންވަނަ ފިލްމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެކަމަކު، އަކްޝޭގެ ބަދަލުގައި އެ ދެ ފިލްމުގައި ވެސް ލީޑު ރޯލު ކުޅުނީ ކާތިކް އަރްޔަން އެވެ.

"ބޫތު ބަންގްލާ" އަކީ އަކްޝޭ ހޮރޯ ކޮމެޑީގެ ޖޯންރާއަށް އެނބުރި އަންނަ ފިލްމެވެ. އަދި އެ ފިލްމު ޑައިރެކްޓުކުރަނީ ވެސް "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމު ގެނެސްދިން ޕްރިޔާދަރްޝަން އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، "ބޫލް ބުލައްޔާ"ގެ ފުރަތަމަ ފިލްމުގެ ކާސްޓުގައި ހިމެނުނު މުހިންމު ބައެއް އެކްޓަރުން "ބޫތު ބަންގްލާ" އިން ފެންނާނެ އެވެ. އޭގެ ތެރޭގައި ޕަރޭޝް ރާވާލް އާއި އަސްރާނީ އަދި ރާޖްޕަލް ޔާދާވް ހިމެނެ އެވެ. ނަމަވެސް، އެ ފިލްމުގައި ލީޑު އަންހެން ރޯލު ކުޅުނު ވިދްޔާ ބާލަން ފެންނާނެ ކަމެއް އަދި ނޭނގެ އެވެ.

ވިދްޔާ ވަނީ "ބޫލް ބުލައްޔާ 3"އަށް އަނެއްކާވެސް މޮންޖޮލިކާގެ ރޯލު ކުޅެފަ އެވެ.

އަކްޝޭގެ "ބޫތު ބަންގްލާ" ސިނަމާތަކަށް ގެންނަނީ އަންނަ އަހަރުގެ ތާރީހެއްގަ އެވެ.