24 ސެޕްޓެމްބަރ 2024
އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ އެވެ.
އިންޑިއާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ހިންދީ ފިލްމަކަށް "ސްތުރީ 2" ވެއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިންޑިއާގެ ބޮކްސް އޮފީހުގައި މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ފިލްމަށް ވަނީ 600 ކްރޯޑް ރުޕީސް (72 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ މީގެ ކުރިން އެއްވެސް ހިންދީ ފިލްމަކަށް އިންޑިއާގެ ބޮކްސް އޮފީސް ނުވަތަ ޑޮމެސްޓިކް ބޮކްސް އޮފީހުގައި ނުލިބޭ ވަރުގެ އާމްދަނީއެކެވެ.
މިދިޔަ އޮގަސްޓް މަހުގެ 14 ގައި ޕްރިމިއާކުރި މި ފިލްމަށް މިވަރުގެ އާމްދަނީއެއް ލިބުނީ މަހަކަށް ވުރެ ގިނަ ދުވަހުންނެވެ.
އެ ފިލްމުން މި ކާމިޔާބީ ހޯދީ ޝާހްރުކް ހާންގެ "ޖަވާން" އާއި "ޕަތާން" ވެސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގައި އަދިވެސް އެންމެ ކުރީގައި އޮތް ހިންދީ ފިލްމަކީ އާމިރް ހާންގެ "ދަންގަލް" އެވެ. އެ ފިލްމަށް ވަނީ 2،000 ކްރޯޑް ރުޕީސް (267 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ. އަދި އެ ފިލްމަކީ އިންޑިއާގެ ހުރިހާ ބަހެއްގެ ފިލްމުތައް ހިމެނޭ ގޮތަށް ވެސް އެންމެ އަގުބޮޑު ފިލްމެވެ.
ދުނިޔޭގެ ބޮކްސް އޮފީހުގައި "ސްތުރީ 2" އަށް މިހާރު ވަނީ 800 ކްރޯޑް ރުޕީސް (95.8 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ލިބިފަ އެވެ.
ޝްރައްދާ ކަޕޫރާއި ރާޖްކުމާރް ރާއޯ ލީޑު ރޯލު ކުޅޭ "ސްތުރީ 2" އަކީ 50 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
އެ ފިލްމަށް ވަނީ އާންމުންނާއި ކްރިޓިކްސްގެ ފަރާތުން ވެސް ޕޮޒިޓިވް ރިވިއުތަކެއް ލިބިފަ އެވެ.
ހެއްވާ، މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ "ސްތުރީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2018 ގަ އެވެ. އެ ފިލްމަށް ވެސް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.
"ސްތުރީ 2" ބޮޑު ރެކޯޑެއް ހަދައިފި
"ބޫލް ބުލައްޔާ"ގެ ލަވަ ދިލްޖީތާއި ޕިޓްބުލްގެ އަޑުން
"ސްތުރީ 2"ގެ މަންޒަރެއް ކޮޕީ ކުރި މައްސަލައެއް
ބޫލް ބުލައްޔާ 3: އެންމެންގެ ސަމާލުކަން ވިދްޔާއަށް
އަކްޝޭގެ ބޫތު ބަންގްލާއަށް ބޫލް ބުލައްޔާގެ ކާސްޓް!
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް
"ބޫލް ބުލައްޔާ 3"ގެ މަންޒަރުތައް ނަގައި ނިމިއްޖެ
"އިސްތިރީ" ގެ ޓީމުން ފައިސާގެ މައްސަލަ ހައްލުކޮށްފި
"ތުމްބާޑް 2" ރަސްމީކޮށް އިއުލާންކޮށްފި
ރާޖްކުމާރާއި ތުރިޕްތީގެ ފިލްމުގެ ޓްރެއިލާ