Roadha Mihaaru
"ސްތުރީ 2" އަށް ބޮޑު އާމްދަނީއެއް

"ސްތުރީ 2" އަށް އެންމެ ތިން ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް

18 އޯގަސްޓް 2024

ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްތުރީ"ގެ ދެވަނަ ފިލްމަށް އެންމެ ތިން ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ބޮލީވުޑްގެ ކާމިޔާބު ހޮރޯ-ކޮމެޑީ ފިލްމު "ސްތުރީ"ގެ ދެވަނަ ފިލްމަށް އެންމެ ތިން ދުވަސް ތެރޭގައި ބޮޑު އާމްދަނީއެއް ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ސިނަމާތަކުގައި ދައްކަން ފެށި މި ފިލްމަށް އެންމެ ތިން ދުވަސް ތެރޭގައި ވަނީ 135 ކްރޯޑް ރުޕީސް (16 މިލިއަން ޑޮލަރު) ލިބިފަ އެވެ. އެއީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެންނެވެ. މިއީ މިފަހުން އެޅުވި ބޮލީވުޑްގެ ފިލްމަކަށް އެންމެ ތިން ދުވަސް ތެރޭގައި ނުލިބޭވަރުގެ އާމްދަނީއެކެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު އެކަނިވެސް ވަނީ 51 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ލިބިފަ އެވެ.

ބޮލީވުޑްގެ ޓްރޭޑް އެނަލިސްޓުން ލަފާކުރާ ގޮތުގައި، މި ފިލްމަށް މަސްދުވަހުގެ ތެރޭގައި 300 ކްރޯޑް ރުޕީސް (30 މިލިއަން ޑޮލަރު) ލިބޭނެ އެވެ.

"ސްތުރީ 2" އަށް ވަނީ ކްރިޓިކްސްގެ ފަރާތުން ވެސް ޕޮޒިޓިވް ރިވިއުތަކެއް ލިބިފަ އެވެ.

ޝްރައްދާ ކަޕޫރު އާއި ރާޖްކުމާރް ރާއޯ ލީޑު ރޯލު ކުޅޭ، ހެއްވާ މަޖާ އަދި ބިރުވެރި ގިނަ މަންޒަރުތަކެއް ހިމެނޭ "ސްތުރީ"ގެ ފުރަތަމަ ފިލްމު ގެނެސްދިނީ 2018 ގަ އެވެ. އެ ފިލްމަށް ވެސް ވަނީ ފޭނުންނާއި ކްރިޓިކްސްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފަ އެވެ.