Roadha Mihaaru
ޖޯލި މޯލްޑިވްސް މިއަހަރު ވެސް މިލައިދޫ ބަލިކޮށްފި

ޖޯލި މޯލްޑިވްސް އިން މިއަހަރު ވެސް ޗެމްޕިއަންޝިޕް މެޗުގައި މިލައިދޫ ބަލިކޮށްފި

12 ސެޕްޓެމްބަރ 2024

ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ މި އަހަރުގެ ޒޯން ޗެމްޕިއަނުންގެ ބުރުގައި ވެސް ޖޯލި މޯލްޑިވްސް އިން މިލައިދޫ މޯލްޑިވްސް ބަލިކޮށްފި އެވެ.

ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ މި އަހަރުގެ ޒޯން ޗެމްޕިއަނުންގެ ބުރުގައި ވެސް ޖޯލި މޯލްޑިވްސް އިން މިލައިދޫ މޯލްޑިވްސް ބަލިކޮށްފި އެވެ.

ޖޯލި މޯލްޑިވްސް ރިސޯޓުގައި އިއްޔެ ކުޅުނު މެޗު، ޖޯލި މޯލްޑިވްސް ކާމިޔާބު ކޮށްފައި ވަނީ 5-2 ގެ ނަތީޖާއަކުންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދެވެ.

ޖޯލި މޯލްޑިވްސް ވަނީ މިއަހަރު ރ. ޒޯންގެ ފައިނަލުގައި ކޯރަ ކޯރަ މޯލްޑިވްސް ބަލިކޮށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޒޯންގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

އަދި މިލައިދޫ ވަނީ މިއަހަރުގެ ފައިނަލްގައި ނޯޓިލަސްއާ ވާދަކޮށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ބ. ޒޯންގެ ތަށި އުފުލާލައިފަ އެވެ.

ޖޯލި މޯލްޑިވްސް ދެން ވާދަ ކުރަން ޖެހޭނީ، ނ. ޒޯނާއި ޅ. ޒޯނުގެ ޗެމްޕިއަނުން ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.