Roadha Mihaaru
ލެ މެރީޑީއެން އިން ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދައިފި

ލެ މެރީޑީއެން އިން ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދައިފި

20 ސެޕްޓެމްބަރ 2024

ލެ މެރީޑިއެން އިން ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގައި ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ލެ މެރީޑިއެން އިން ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024 ގައި ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އިއްޔެ ލެ މެރީޑިއެން ރިސޯޓުގައި ކުޅުނު ފައިނަލް މެޗުގައި، އެ ޓީމުން ވަނީ 3-1 އިން ސިކްސް ސެންސެސް ކަނުހުރާ ބަލިކޮށްފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ރިސޯޓް ޓީމުގެ ކެޕްޓަން އަހުމަދު ސުހެއިލް އެވެ. މުޅި ޒޯންގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ.

ތިން ގޯލު ޖަހައިގެން ޒޯންގެ ޓޮޕް ސްކޯރާ އެވޯޑް ހޯދީ ސިކްސް ސެންސެސް ކަނުހުރާގެ އަބްދުލް ވާހިދު ޔައުގޫބް އާއި މާހިދު އަލީ އެވެ. އެންމެ މޮޅު ކޯޗަކަށް ލެ މެރީޑިއެންގެ ހާމިދު އަބްދުﷲ ހޮވުނުއިރު ފެއާޕްލޭ އެވޯޑް ހޯދީ އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް އެވެ.

ޅ. ޒޯންގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަނުހުރާގެ އަބްދުލް ވާހިދު ޔައުގޫބް އާއި މުހައްމަދު މަހުދީގެ އަދި ލެ މެރީޑީއެންގެ މުހައްމަދު ސިފާޒް އާއި ގޯލްކީޕަރު އަހުމަދު ސިޔާންގެ އިތުރުން ކަނިފުށީގެ އަބްދުﷲ ފާރޫގް އެވެ.

މި މުބާރާތުގައި ދެން އެންމެ އަވަހަށް އޮންނާނީ ނ. ޒޯންގެ ކުޅުމެވެ. މި ޒޯންގެ ކުޅުން ފެށުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހު އެވެ.

ލެ މެރީޑިއެން، ރ. ޒޯންގެ ޗެމްޕިއަންކަން ހޯދައިގެން ޗެމްޕިއަންޝިޕް މެޗަށް ހޮވިފައި ވާއިރު، އެ މެޗުގައި ވާދަ ކުރަން ޖެހޭނީ ނ. ޒޯންގެ ޗެމްޕިއަންކަން ހޯދާ ޓީމާ ދެކޮޅަށެވެ.